ޖުމްހޫރީ ޕާޓީގެ ޕާލަމަންޓަރީ ގްރޫޕުގެ ލީޑަރުކަމުން ދާދި ފަހުން މަޖިލީހުގެ ރައީސްކަމުގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި ގާސިމް އިބްރާހިމް އިސްތިއުފާ ދެއްވުމަށް ފަހު، އެ މަގާމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އައްޔަންކޮށްފިއެވެ.
ޖޭޕީގެ ޕީޖީ ގްރޫޕުގެ ލީޑަރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު، އެ މަގާމަށް އަބްދުﷲ ރިޔާޒް އައްޔަންކޮށްފައިވާކަން އިއުލާންކުރީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ޖޭޕީއަށް ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ ލީޑަރު ގާސިމެވެ.
ގާސިމް ވިދާޅުވީ ޖޭޕީގެ ޕީޖީ ގްރޫޕުގެ ލީޑަރުކަމުން އިސްތިއުފާ ދެއްވީ މަޖިލީހުގެ ރައީސްކަމުގެ މަގާމަށް އިންތިހާބުވުމާ ގުޅިގެން ކަމަށެވެ.
"އަޅުގަނޑު މިވަނީ ޕާޓީގެ ޕާލަމަންޓަރީ ގްރޫޕުގެ ލީޑަރުކަމުން އިސްތިއުފާ ދީފަ. އެއީ އަޅުގަނޑު މަޖިލީހުގެ ރައީސަށް ވުމާއެކީގައި. ޕާލަމަންޓަރީ ގްރޫޕުން ހަމަޖެއްސީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ނައިބު ލީޑަރެއްގެ ގޮތުގައި ހުންނަން. އަޅުގަނޑުމެން ބޭނުންވަނީ ޕާލަމަންޓަރީ ގްރޫޕުގެ ލީޑަރުކަން އަބްދުﷲ ރިޔާޒްއާ ހަވާލުކުރަން،" އޭނާ ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ޖޭޕީގެ ޕީޖީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ ހުރިހާ މެމްބަރުން ވެސް ޕީޖީ ގްރޫޕުގެ ލީޑަރަކަށް އަބްދުﷲ ރިޔާޒް ގެނައުމަށް އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ.
ޖޭޕީގެ ޕީޖީ ލީޑަރުކަމުން ގާސިމް އިސްތިއުފާ ދީފި، އެމަގާމަށް އަބްދުﷲ ރިޔާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ