މަރުކަޒީ އިންޖީނުގެ ޑިޒައިން ކުރާނެ ބަޔަކު ހޯދަނީ

އައްޑޫ ސިޓީގައި ފެނަކަ ކޯޕަރޭޝަން އިން ހިންގާ މަރުކަޒީ އިންޖީނު ގެއަށް އިތުރު ކުރާ ބައިގެ ޕަވަ ހައުސްގެ އެކްސްޓެންޝަން ޑިޒައިންކޮށް ދޭނެ ފަރާތެއް ހޯދަން އެ ކުންފުނިން އިއުލާންކޮށްފި އެވެ.
ފެނަކައިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި މަހުގެ 5 ވަނަ ދުވަހުގެ 11:00 އަށް ފެނަކައިގެ ހެޑް އޮފީސް ނުވަތަ ކުންފުނީގެ ހިތަދޫ ބްރާންޗަށް ވަޑައިގަތުމުން އެކަމާއި ބެހޭ މައުލޫމާތު ލިބިގެންދާނެ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި އަކީ މިމަހުގެ 9 ވަނަ ދުވަހުގެ 11:00 އެވެ.
އާރްއޭއެފް ސަރަަހައްދުގައި ހުންނަ މަރުކަޒަކީ އިންޖީނު ގެއަކީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓް ދޭ ޕަވަ ސްޓޭޝަން ހުންނަ އިންޖީނު ގެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ