މާދަމާ އޮންނަ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ތާޢީދު ކުރައްވަނީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ޔާމީން އަބްދުލް ގައްޔޫމަށް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
މިހެން އެމަނިކުފާނު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ދަރިކަނބަލުން ދުންޔާ މައުމޫން މެދުވެރި ކުރައްވާ މިއަދު ޗެނަލް 13އަށް ދެއްވި އޯޑިއޯ ބަޔާނެއްގައި އެމަނިކުފާނުގެ ދަރި ކަނބަލުން ދުންޔާ ވިދާޅުވީ މިހާރު ބައެއް ޗެނަލް ތަކުން އެމަނިކުފާނު އެހެން ފަރާތަކަށް ތާޢީދު ކުރާ ކަމަށް ދެކެވޭ ވާހަކަޔަކީ ދޮގެއް ކަމަށެވެ.
އަދި މި ކެމްޕެއިންގައި ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން ޔާމީނަށް ކެމްޕެއިން ކުރައްވާ ތަން ހުރިހާ ފަރާތްތަކަށްވެސް ފެންނާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ރައީސް މައުމޫން ދެއްވި އޯޑިއޯ ބަޔާނުގައި އެމަނިކުފާނު ވަނީ އެމަނިކުފާނު ތާޢީދު ކުރައްވަނީ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި އެމަނިކފާނުގެ ރަނިންގ މޭޓް ޑރ ޖަމީލަށްކަމަށާއި އެހެން އެއްވެސް ކެނޑިޑޭޓަކަށް ތާޢީދު ނުކުރައްވާކަމަށެވެ.
އަދި މިހާރު ޗެނަލް ތަކުން ގެންނަ ވީޑިއޯ ތަކާއި އޯޑިއޯ ތަކަކީ އެމަނިކުފާނު މީގެ ކުރިން އެކި އެކި މުނާސަބަތު ތަކުގައި ދައްކަވާފައިވާ ވާހަކަ ފުޅުތަކެއް ކަމަށާއި އެ ވާހަކަތައް މިހާރު އެއީ ލައިވް އެއްޗެހި ތަކެއް ކަމުގައި ހަދައިގެން ބައެއް ފަރާތްތަކުން ދައްކަމުންދާކަމަށެވެ. ނަމަވެސް އެއީ އެއްވެސް ހަގީގަތެއް ނޫން ކަމަށެވެ.
އަދި މިހާރު އެބޭބެފުޅުން އެގޮތަށް އެކަންތައް ކުރާ ކަމީ ވަރަށް ނުރަނގަޅު ކަމެއް ކަމަށާއި އެކަން ކުށްވެރި ކުރައްވާ ކަމަށެވެ. ރައީސް މައުމޫނަކީ ޕީޕީއެމްގެ ރައީސް ކަން ފާހަގަ ކޮށްލެވެއެވެ.
އަޅުގަނޑު ތާއީދުކުރައްވަނީ ޔާމީނަށް - ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ