ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނޝީދަށް ވޯޓު ނުދިނުމަށް ގޮވާލައި އެހެން މީހަކު ފޮނުވި ސިޓީއެއް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ޓުވީޓްކުރައްވައި ފުލުހުންގެ ގާނޫނާ ހިލާފުވެފައިވާތީ އޭނާ އަށް އިދާރީ އަދަބެއް ދިނުމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަން ކަނޑައަޅައިފިއެވެ.
ނަޝީދަށް ވޯޓު ނުދޭން ގޮވާލާފައިވާ ސިޓީ ރިޔާޒު ޓުވީޓްކުރެއްވި މައްސަލަ ޕީއައިސީން ތަހުގީގުކުރީ އެ ކޮމިޝަނަށް އަމިއްލަ އަށް ފެނިގެންނާއި އިލެކްޝަންސް ކޮމިޝަނުން މައްސަލަ ބަލަން އެދުމުންނެވެ
މައްސަލަ ކޮމިޝަނުން ބެލުމަށް ފަހު ނެރުން މީޑިއާ ރިޕޯޓްގައި ބުނެފައިވަނީ ސީޕީ ރިޔާޒް ފުލުހުންގެ ގާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގެ 3 އާއި 69 ވަނަ މާއްދާގެ (ށ) އާއި ހިލާފު އަމަލެއް ކުރައްވާފައިވާކަން ތަހްގީގަށް އެނގޭކަމަށެވެ.
ޕީއައިސީން ބުނީ އެ ސިޓީއަކީ އެހެން ޓްވިޓާ އެކައުންޓަކުން ކުރިން އާންމުވެފައިވާ ސީޓީއެއްކަމަށާއި ނަމަވެސް އެސީޓީ ރިޔާޒްގެ ޓްވިޓާ އެކައުންޓުން ޓްވީޓް ކުރިކަމަށާއި އޭނާ ކުރި ޓްވީޓްގައި އެސިޓީ ފެންނަން އޮންނާނެކަމަށް ތަހްގީގުގައި ރިޔާޒް ބުނެފައިވާކަމަށެވެ.
އެ ރިޕޯޓުގައި ބުނިގޮތުގައި، އެހެން ޓުވިޓާ އެކައުންޓަކުން އާއްމުވެފައި އޮތް ސިޓީއެއް ރިޔާޒުގެ އަމިއްލަ ޓުވިޓާ އެކައުންޓުން ޓުވީޓް ކުރައްވާފައިވާނެ ކަމަށް އޭނާ ވަނީ ތަހުގީގުގައި ވިދާޅުވެފަ އެވެ.
އަދި "ސެޕްޓެމްބަރު 7 ވަނަ ދުވަހު ގ. ކެނެރީގޭ މުހައްމަދު ނަޝީދަށް ނޫނެކޭ ބުނުމަށް ފުލުހުންނަށް ގޮވާލާފައިވާ" ސިޓީ ރިޔާޒު ޓުވީޓް ކުރެއްވުމަކީ އޭގައިވާ ވާހަކަތަކަށް އޭނާ ތާއީދުކުރައްވާ ކަމަށް ބެލެވޭ ކަމެއް ކަމަށް ތަހުގީގަށް ފެންނަ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.
ޕީއައިސީން މައްސަލަ ބެލުމަށް ފަހު ނިންމާފައިވަނީ ފުލުހުންގެ ގާނޫނުގެ 67 ވަނަ މާއްދާގެ (ހ) ގެ ދަށުން އަބްދުﷲ ރިޔާޒަށް އިދާރީ އަދަބެއް ދެއްވުމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒަށް ލަފާއެރުވުމަށެވެ.
ރިޔާޒަށް އިދާރީ އަދަބެއް ދޭން ކޮމިޝަނުގެ އަޣުލަބިއްޔަތުން ނިންމި ނިންމުމާ ކޮމިޝަނުގެ މެމްބަރު އަލީ ނަދީމްގެ ހިޔާލު ތަފާތެވެ. އެ ރިޕޯޓުގައިވާ ގޮތުގައި ނަދީމްގެ ނިންމުމުގައި ވަނީ ޕޮލިސް ކޮމިޝަނަރު ގާނޫނާ ހިލާފުވެފައިވާކަން ތަހުގީގަށް އެނގެން އޮންނާތީވެ ފުލުހުންގެ ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުން ކޮމިޝަނަރުގެ މައްޗަށް ޖިނާއީ ކުށުގެ ދައުވާކޮށްދޭން އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން އޭނާ އަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
މިމައްސަލައިގެން އިތުރުން ސީޕީ ރިޔާޒް އާއި ގުޅޭ ދެ މައްސަލައެއް އަދިވެސް ޕީއައިސީން ބަލަމުން ގެންދާކަމަށް ކުރިން ބުނެފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ ރައީސް ވަހީދުގެ ކެމްޕެއިން ދަތުރެއްގައި ބައިވެރިވިކަމަށް ބުނާ މައްސަލައަކާއި ސިޔާސީ ސްޓޭޓްމެންޓްތައް ދެއްވާކަމަށް ބުނާ މައްސަލައެކެވެ.
ރިޔާޒު ޓްވީޓްކުރެއްވި ސިޓީގައި ބުނެފައި ވަނީ ފުލުހުންނަށް އޯގާތެރި ބޭފުޅެއް ކަމަށް ދެއްކުމަށް ނަޝީދު މަސައްކަތް ކުރައްވަނީ އެއް ބުރުން ފެއިލްވެދާނެ ކަމުގެ ބިރު އޮތުމުން ކަމަށެވެ. އަދި ފެބުރުއަރީ 7 ގައި ފުލުހުން ސަރުކާރާ ދެކޮޅަށް ނުކުތުމަކީ ޖިހާދެއް ކަމަށް ސިފަކޮށް، ނަޝީދަށް ވޯޓުނުދޭން ވެސް ސިޓީގައި އެދިފައިވެ އެވެ
އަބްދުﷲ ރިޔާޒް ފުލުހުންގެ ގާނޫނާއި ހިލާފްވެފައިވާކަމަށް ކަނޑައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ