އައްޑޫގެ މަގުތައް ހަލާކުވެ, ދުއްވާ އެއްޗެއްސަށް ގެއްލުންވަމުންދާ ކަމަށް ބުނެ ޕްރޮވިންސް އޮފީސް ދޮށަށް ޓެކްސީ ޑްރައިވަރުންތަކެއް އެއްވެއްޖެ

14:30އައްޑު އަތޮޅުގެ ގިނަ މަގުތަކެއް ހަލާކުވެ ދުއްވާ އެއްޗެއްށަށް ގެއްލުން ވަމުންދާ ކަމަށް ބުނެ އެމައްސަލަ ހައްލުކޮށްދިނުމަށް އެދި ދެކުނު ޕްރޮވިންސްގެ އޮފީސް ދޮށަށް ޓެކްސީ ޑްރައިވަރުންތަކެއް އެއްވެއްޖެ އެވެ.ހިތަދޫން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި ހިތަދޫގެ ދެ ޓެކްސީ ސެންޓަރެއްގައި މަސައްކަތްކުރާ ގިނަ ޓެކްސީ ޑްރައިވަރުންތަކެއް ޕްރޮވިންސް އޮފީސް ދޮށަށް މިއަދު ވެސް އެއްވީ މަގުތައް ހަލާކުވެ، ދުއްވާ އެއްޗެއްސަށް ގެއްލުންވަމުންދާއިރުވެސް، އެކަންތައް ހައްލުކޮށްފައި ނުވުމުންނެވެ. އޭނާ އަދި ބުނީ ވޭތުވެދިޔަ 14 މަސް ދުވަހުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން މަގުތައް ހަލާކުވެގެން، މަގުތައް ހަދާފައި ވަނީ ޑްރައިވަރުންތަކެއް މުޖާހިރާކޮށްގެން ކަމަށެވެ. ނަމަވެސް މިއަދު ޕްރޮވިންސް އޮފީސް ކައިރިއަށް އެއްވި މީހުން އެކަންތައް ރަނގަޅުކޮށްދިނުމަށް އެދުމުން، މަގުތައް މަރާމާތުކުރުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމުގެ ޔަޤީންކަން ޕްރޮވިންސް އޮފީހުން ދިނުމުން ސުލްހަވެރިކަމާ އެކު އެމީހުން އެސަރަހައްދުން ދިޔައީ ކަމަށާއި މާދަމާ އެކަންތައް ހައްލުނުކޮށްދީފިނަމަ މުޖާހަރާކުރާނެ ކަމުގައި އެމީހުން ބުނެފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.މިކަމާ ގުޅިގެން ދެކުނު ޕްރޮވިންސް އޮހީހުގެ ޑެޕިއުޓީ ސްޓޭޓް މިނިސްޓަރ އަލީ މުހައްމަދު މިއަދު ވިދާޅުވީ ޑްރައިވަރުންގެ ޝަކުވާ ހިފައިގެން ދެ ޑްރައިވަރަކު މިއަދު ޕްރޮވިންސް އޮފީހަށް ދިއުމުން އެކަންތައް ހައްލުކޮށްދޭނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ. އަދި މަގުތައް ހަލާކުވެގެން ނުހެދި ލަސްވަނީ ބައެއް ކަހަލަ މައްސަލަތައް ދިމާވެގެން ކަމަށާއި ނަމަވެސް މަގުތައް ރަނގަޅުކުރުމުގެ މަސައްކަތް ޕްރޮވިންސް އޮފީހުން މިއަދު ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ