ޕްރައިމަރީއަކާ ނުލާ އިހަވަންދޫ ދާއިރާގެ ޓިކެޓް އަހުމަދަށް ލިބިއްޖެ

ޕްރައިމަރީއަކާ ނުލާ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް މިހާރުވެސް އެ ދާއިރާގެ މެމްބަރުކަން ކުރައްވަމުންދާ އަހުމަދު އަބްދުﷲ އަށް ލިބިއްޖެއެވެ.
އެމްޑީޕީން ބުނީ ޕްރައިމަރީ އަކާ ނުލާ އަހުމަދު އަބްދުﷲ އަށް ޓިކެޓް ލިބުނީ އެ ދާއިރާގެ ޕްރައިމަރީގައި ދެން ވާދަކުރެއްވި ކެންޑިޑޭޓް އަބްދުލް މާނިޢު ޙުސެއިން، ޢަންބަރީގެ، ނަން އަނބުރާ ގެންދެވުމާ ގުޅިގެން ކަމަށެވެ.
އަހުމަދު އަބްދުﷲ 2009 ވަނަ އަހަރު މަޖިލީހަށް ހޮވިވަޑައިގެންނެވީ ވެސް އެމްޑީޕީގެ ޓިކެޓްގައި އެ ދާއިރާއަށް ކުރިމަތިލައްވައިގެންނެވެ.
އެމްޑީޕީ ޕްރައިމަރީގައި މިހާތަނަށް 54 ދާއިރާއެއްގެ ޓިކެޓް ކަށަވަރުވެފައިވާއިރު އަދި 32 ދާއިރާއެއްގެ ޕްރައިމަރީ ބާއްވަން ޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ