މޫސުން ވަރަށް ގޯސް، ސަމާލުުވުމަށް އިލްތިމާސްކުރަން: މެޓް

ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުންް އެކަށީގެންވާތީ ހުރިހާ ފަރާތްތަކުންވެސް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފިއެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު، ހުޅަނގުދެކުނާއި ހުޅަނގުން، މެދުތެރެއާއި ދެކުނު އަތޮޅުުތަކުގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި އަދި އުތުރު އަތޮޅުތަކުގައި ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަށެވެ.
މީގެ އިތުރުން ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުުތައް އާއްމުގޮތެއްގައި ގަދަވާނެކަމަށާ އެހެން ހިސާބުތަކުގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވެފަަ ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށެވެ.
މިވިއްސާރައިގައި ބޯކޮށް ވާރޭ ވެހި ވައި ގަދަވެ ކަނޑުތަށް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
މި ދުވަސްވަރު ރާއްޖޭގެ ބޮޑުބަޔަކަށް ދަނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހެމުންނެވެ. އަދި ބައެއް ރަށްރަށުގައި ފެންބޮޑުވެ އާންމު ދިރިއުޅުމަށް ވަނީ ބުރޫއަރާފައެވެ.
މިއަދު ވެރިރަށް މާލެއަށްވެސް ވަނީ ބޯކޮށް ވާރޭވެހިފައެވެ. އެކަމާއި ގުޅިގެން އީދުގެ ގިނަ ހަރަކާތްތަކެއް ވަނީ ކެންސަލްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ