އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތް އަންނަ މަހުގެ އެއްވަނަ ދުވަހު ފެށުމަށް ނިންމައިފި އެވެ.
މައިލޯ ތިންވަނަ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގައި މިއަހަރު 14 ސްކޫލަކުން ޖުމްލަ 68 ޓީމު ވާދަކުރާ އިރު، އަތޮޅު ތެރެއިން ވެސް ދެ އަތޮޅަކުން ޓީމުތައް ބައިވެރިވާނެ ކަމަށް ހޭންޑްބޯލް މޯލްޑިވްސްއިން މައުލޫމާތުދެއެވެ. އެގޮތުން ދ. އަތޮޅާއި ކ. އަތޮޅުން ޓީމުތައް ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަންނަ މަހުގެ 1 އިން 17 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތް ދެ ޖިންސުގެ ކުޅުންތެރިން ވާދަކުރާ އިރު، މުބާރާތުގައި ވާދަކުރާ އުމުރުފުރާތަކަކީ 12 އަހަރާއި 14 އަހަރު އަދި 16 އަހަރުންދަށުގެ އުމުރުފުރާތަކެވެ. މި މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރު އެވެ.
މިދިޔަ އަހަރު ބޭއްވި މުބާރާތުގައި ޖުމްލަ 36 ޓީމު ވާދަކުރި އިރު، އެ މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެންޕިއަންކަން ހޯދީ މަޖީދިއްޔާ ސްކޫލް އެވެ އަދި އަންހެން ބައިގެ ޗެންޕިއަންކަން ހޯދީ މާފުށި ސްކޫލް އެވެ.
މީގެ އިތުރުން މުބާރާތުގެ 12 އަހަރުން ދަށާއި 14 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ ދަރުމަވަންތަ ސްކޫލް އެވެ އަދި 12 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން މަޖީދިއްޔާ ސުކޫލު ހޯދިއިރު 14 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ކަލާފާނު ސުކޫލް އެވެ.
އިންޓަ ސްކޫލް ހޭންޑްބޯޅަ މުބާރާތް އަންނަ މަހު ފަށަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ