ކައުންސިލަރުންގެ ދައުރުގެ ނިމޭ މުއްދަތު އިތުރުކުރަން ސުޕްްރީމް ކޯޓުން ލަފާދިނީ ގާނޫނު އަސާސީ އިސްލާހުކުރަން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ނުބޭއްވި ލަސްވުމާއި ގުޅިގެން، މިހާރު ކައުންސިލަރުންގެ މަގާމުގައި ތިބި ފަރާތްތަކުގެ ދައުރު ނިމޭ މުއްދަތު އިތުރުކުރުމަށް ގާނޫނު އަސާސީ އިސްލާހުކުރުމަށް ފެންނަކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބުނެފިއެވެ.
ސުޕްރީމް ކޯޓުން މިހެން ބުނެފައިވަނީ ކައުންސިލަރުންގެ ދައުރު ނިމޭ މުއްދަތު އިތުރުކުރުމާއި ބެހޭގޮތުން އިސްތިޝާރީ ލަފައަކަށް ރައްޔިތުންގެ މަޖިލީހުން އެދުމާއި ގުޅިގެން މިއަދު އެރުވި ލަފާގައެވެ. މި ނިންމުމަށް އެކޯޓުގެ ފަސް ފަނޑިޔާރުން ވަނީ އިއްތިފާގުވެލައްވާފައެވެ.
ކައުންސިލަރުންގެ ދައުރުގެ މުއްދަތު އިތުރުކުރުމާއި މެދު ސުޕްރީމް ކޯޓުން ބުނެފައިވަނީ އިންތިގާލީ މާއްދާއެއް އިތުރުކުރުމަށްފަހު އެކަން ކުރެވިދާނެކަމަށެވެ.
-ތަފްސީލް އަންނަނީ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ