އިންޓަރ ކޮލެޖު/ހައި ސްކޫލް ހޭންޑްބޯޅަ މުބާރާތް ބުދަ ދުވަހު ފަށަނީ

ހޭންޑްބޯލް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަރ ކޮލެޖު / ހައި ސްކޫލް ހޭންޑްބޯޅަ މުބާރާތް އަންނަ ބުދަ ދުވަހު ފެށުމަށް ނިންމައިފި އެވެ.
މިއަހަރުގެ މުބާރާތް އަންނަ ބުދަ ދުވަހު ފަށާއިރު، މިފަހަރުގެ މުބާރާތްވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ފިރިހެން އަދި އަންހެން ވަކިންނެވެ. މި މުބާރާތުގެ ފިރިހެން ބައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކޮލެޖުތަކާއި ޔުނިވާސީޓިތައް އެއް ޑިވިޝަނެއްގައި އަދި ހައި ސްކޫލްތައް ވަކި ޑިވިޝަނަކަށް ބަހާލައިގެންނެވެ.
މިއަހަރުގެ މުބާރާތުގެ ފިރިހެން ކޮލެޖު ބައިގައި 4 ކޮލެޖަކާއި 1 ޔުނިވާސިޓީއަކުން ވަނީ ބައިވެރިވެފައެވެ. އެއީ އެވިޑް ކޮލެޖާއި ވިލާ ކޮލެޖާއި ސައިރިކްސް ކޮލެޖާއި މައި ކޮލެޖުގެ އިތުރުން އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްއެވެ.
އަދި މުބާރާތުގެ ފިރިހެން ހައި ސްކޫލް ބައިގައި ބައިވެރިވެފައިވަނީ 2 ސްކޫލަކުންނެވެ. އެއީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލާއި އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާއެވެ.
މި މުބާރާތުގެ އަންހެން ބައިގައި 1 ޔުނިވާސިޓީ އާއި 3 ކޮލެޖުގެ އިތުރުން 1 ހައި ސްކޫލަކުން ވަނީ ބައިވެރިވެފައެވެ. އެއީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް އާއި ސައިރިކްސް ކޮލެޖާއި މައި ކޮލެޖާއި ވިލާ ކޮލެޖުގެ އިތުރުން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލެވެ.
މުބާރާތުގެ ކުޅުން ބުދަ ދުވަހު ފަށާއިރު، މުބާރާތުގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ