ޔާސިރު ޔަހުޔާ މަރުވެއްޖެ

ދިވެހި އަންހެނަކާ އިނދެގެން ރާއްޖޭގައި ދިރިއުޅެމުން ދަނިކޮށް ޓެރަރިޒަމާ ގުޅުންއޮތްކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ޔަމަންގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހުޔާ މަރުވެއްޖެ އެވެ.
މާލޭގައި ޓީޗަރެއްގެ ވަޒީފާ އަދާކުރަމުން ދަނިކޮށް ޔާސިރު ޔަހްޔާ ސާލިހް، ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 2017 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި އެވެ. އޭނާ ހައްޔަރު ކުރީ ޑީޕޯޓް ކޮށްލުމަށްކަމަށް ބުނެ އެވެ.
ނަމަވެސް އެއްވެސް ދައުވާއެއް ކޮށްފައެއް ނުވެ އެވެ. އޭނާ ހައްޔަރު ކުރީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީޒް ރާއްޖެ ވަޑައިގަންނަވަން ހަމަޖެހުނު ދުވަސްވަރެވެ.
ނާސިރު މަރުވީ ހާލު ސީރިއަސް ވެގެން ފަރުވާ ދެމުން ދަނިކޮށެވެ. އޭނާގެ އާއިލާއިންވެސް ވަނީ އެކަން ޔަގީން ކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ