ހިރިލަންދޫ ސްކޫލް ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

ތ.ހިރިލަންދޫ ސްކޫލްގެ ފިރިހެން  ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ހިރިލަންދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.
މި ހިނގާ ޖޫން މަހުގެ 20 ވަނަ ދުވަހު ހިރިލަންދޫ ސްކޫލްގައި ކުރިއަށް ގެންދިޔަ މި ސެޝަންގައި ދަރިވަރުންގެ އުމުރު ފުރާއާ ގުޅޭގޮތަށް އާންމު އިޖުތިމާއީ މިންގަނޑުތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ރޭގަނޑު 10 ގެ ފަހުން ބޭރުގައި ނޫޅުމަށާއި އެކަނި ބޭރުތެރޭގައި ނޫޅުމަށް ދަރިވަރުންނަށް ނަސޭހަތް ތެރިވެފައިވެއެވެ. އަދި  ރޭގަނޑު ބައިސްކަލް ދުއްވާއިރު ބައްތި ޖެހުމާއި ބައިސްކަލަށް ދެ ކުދިން އަރައިގެން ނުދުއްވުމާއި ގުރޫޕް ހަދައިގެން މަގުމަތީގައި ނޫޅުމަށްވެސް ދަރިވަރުންނަށް ނަސޭހަތް ތެރިވެފައިވެއެވެ.
 މީގެއިތުރުން މި ސެޝަންގައި އާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތަކާއި އެފަދަ ޢަމަލެއް ހިންގައިފިނަމަ އެޅޭ ފިޔަވަޅުތަކާއި ގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ދީފައިވެއެވެ.
މި ސެޝަންގައި ހިރިލަންދޫ ސްކޫލުގެ ގްރޭޑް 4، 5 6 އަދި 7 އަކުން 50 ދަރިވަރުން  ބައިވެރިވެފައިވެއެވެ .
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ