އިއްތިހާދު އެއާވޭސްގެ ދަތުރުތައްވެސް ޖުލައި 16 ގައި ރާއްޖެއަށް އަލުން ފަށަނީ

އިއްތިހާދް އެއާވޭސްގެ ދަތުރުތައްވެސް ޖުލައި 16 ވަނަ ދުވަހު ރާއްޖެއަށް އަލުން ފަށާނެ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ކުރަމުން އަދި ޝެޑިއުލް ދަތުރުތައް އެ އެއާލައިނުން ވަގުތީ ގޮތުން ހުއްޓާލީ މިދިޔަ މާޗްމަހު އެވެ. އޭގެ ކުރިން އިއްތިހާދް އެއާވޭސްއިން ދިޔައީ ދުވާލަކު ދެ ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާއްވަމުންނެވެ.
އެ އެއާލައިނުން ބުނީ ރާއްޖޭގެ ވައިގެ ބޯޑަރު މިމަހުގެ 15 ވަނަ ދުވަހު ހުޅުވުމާއި އެކު ރާއްޖެއަށް ޝެޑިއުލް ދަތުރުތައް އަލުން ފަށަން ތައްޔާރުވެފައިވާކަމަށެވެ. އެގޮތުން ޖުލައި 16 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ދަތުރު ކުރަން ފަށާނެ ކަމަށެވެ.
އެކަމަކު އަދި ޝެޑިއުލް އާންމުކޮށްފައެއް ނުވެ އެވެ.
އިއްތިހާދު އެއާވޭސްގެ އިތުރުން މިމަހުގެ 16 ވަނަ ދުވަހު އެމިރޭޓްސްގެ ދަތުރުތައްވެސް ރާއްޖެއަށް ފަށާނެ އެވެ. އަދި ބޯޑަރު ހުޅުވާ ދުވަހުންފެށިގެން ސްރީލަންކަން އެއާލައިންސްގެ ދަތުރުތައްވެސް ފެށުމަށް ހަމަޖެހިފައިވެ އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް) އިން ބުނީ ރާއްޖޭގެ ބޯޑަރު ހުޅުވޭ އިރު ބައިނަލް އަގުވާމީ 10 އެއާލައިނަކުން ޖާގައަށް އެދިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ