ދިލް ބޭޗާރާގެ ޓްރެއިލާ އިން 10 މިލިއަން ލައިކްސް ހޯދާ ދުނިޔޭގެ ރެކޯޑެއް

ދާދިފަހުން މަރުވި ބޮލީވުޑްގެ ޒުވާން ހުނަރުވެރި އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތްގެ އެންމެ ފަހު ފިލްމު "ދިލް ބޭޗާރާ" އިން ދުނިޔޭގެ ރެކޯޑެއް ހޯދައިފި އެވެ. އެކްޓަރު އެންމެ ފަހު ފަހަރަށް ފެނިގެންދާ އެ ފިލްމު ވަނީ ޔޫޓިއުބްގައި 10 މިލިއަން ލައިކްސް ހޯދާ ދުނިޔޭގެ ރެކޯޑެއް ގާއިމްކޮށްފައެވެ. ޓްރެއިލާ ރިލީޒްކުރިތާ ހަ ދުވަސްތެރޭ އެ ޓްރެއިލާއަށް ވަނީ 70 މިލިއަން ވިއުސްވެސް ލިބިފައެވެ. ކުރިން އެ ރެކޯޑު އޮތް ޑިޒްނީ އަދި މާވެލްގެ އެވެންޖާސްގެ "އެންޑްގޭމް"ގެ ޓްރެއިލާއަށް ލިބިފައިވަނީ ޓްރެއިލާއަށް ވަނީ 3.2 މިލިއަން ލައިކްސް ލިބިފަ އެވެ. ފިލްމުގެ ޓްރެއިލާ މިހާރު ދައްކާލައިފައިވާއިރު ފިލްމުގެ އޯޑިއޯ ލަވަތައް ވެސް ވަނީ މިހާރު އިއްވާލާފައެވެ. އަދި އެ ފިލްމުގެ ޓައިޓަލް ޓްރެކް ވެސް ވަނީ ދައްކާލާފައެވެ. އެ ލަވައަށް ވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު އެ ލަވަ ސުޝާންތު ކުޅެ ނިންމާލީ އެއް ޝޮޓުންނެވެ. ޖޯން ގްރީންގެ "ދަ ފޯލްޓް އިން އަވާ ސްޓާސް"ގެ ހިންދީ ރީމޭކުގައި ސުޝާންތު އާއެކު ލީޑު ރޯލުން ފެނިގެންދާނީ ސަންޖަނާ ސަންގީ އެވެ. މި ފިލްމުގެ ހިންދީ ރީމޭކެއް ހަދާކަން އެނގުމުން ފޯލްޓް އިން އަވާ ސްޓާސް ގެ ލީޑު އެކްޓަރު އޯގަސްޓަސް ވޯޓާސް ވަނީ ޓްވީޓެއްވެސްކޮށްފައެވެ. އޭނާ ބުނީ އެ ފިލްމުގެ ހިންދީ ރީމޭކް ބަލާނީ އޭނާ އާއި ފިލްމުގެ އަންހެން ލީޑު ތަރި ހޭޒަލް ގްރޭސް އާ ދެމީހުން އެކުގައި ކަމަށެވެ. ސުޝާންތުގެ ފޭނުން ތިބީ "ދިލް ބޭޗާރާ" ބޮޑު ހިޓަކަށް ހެދުމަށް ތައްޔާރަށެވެ. މި ފިލްމު މަހު 24 ވަނަ ދުވަހު ހޮޓްސްޓާއިން ދައްކާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ