”ބަޅިނދު“ ގެ އެންމެ ފަހުގެ އަދާހަމަތައް މިމަހު 14 ގައި

ގިނަ ޕްރޮޖެކްޓަކެއްގެ މަސައްކަތް މިވަގުތުވެސް ކުރަމުން އަންނަ ރާއްޖޭގެ އެންމެ ވަރުގަދަ ފިލްމު ކުންފުނި ޑާކް ރެއިން އެންޓަޓެއިންމެންޓުގެ ބިރުވެރި ފިލްމު ”ބަޅިނދު“ގެ އެންމެ ފަހުގެ އަދާހަމަތައް މާދަމާ (14 ސެޕްޓެމްބަރު 2020) ގައި ހާމަކުރާނެ ކަމަށް އެ ޕްރޮޑަކްޝަނުން ބުނެއެވެ.
ޑާކް ރެއިން އެންޓަޓެއިންމެންޓުން މިމަހު10 ގައި ކޮށްފައިވާާ ފޭސްބްކް ޕޯސްޓެއްގައި ބުނީ ފިލްމު ”ބަޅިނދު“ އުފެއްދުމުގެ އެންމެ ފަހުގެ އަދާހަމަތައް ޑާކް ރެއިން އެންޓަޓެއިންމެންޓުގެ މީސްމީޑިއާ މަންސަތަކުގައި ހާމަކުރާނެ ކަމަށެވެ.
ފިލްމު ”ބަޅިނދު“ ގެ މުހިންމު ކާސްޓުންގެ ގޮތުގައި އެ ފިލްމުގެ ކާސްޓިން ޕޯސްޓަރ ނެރުނު އިރު ބުނެފައިވާ ގޮތުން ޖުމައްޔިލް ނިމާލް (ޖުމަލް)، އިސްމާޢީލް ޖުމައިހް (ޖުމާ)، އައިމިނަތު ރަޝްފާ (އާޝާ)، ސަރާގެ އިތުރުން މުޙައްމަދު ޔުނާން އާއި ހުނޭޝާ އާދަމް ނަސީރު، މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.
ފިލްމު ”ބަޅިނދު“ ގެ ސްކްރީންޕްލޭ ލިޔުނީ ހޫދު އިބްރާހިމް އެވެ. މިއީ ހަގީގީ ހާދިސާތަކެއް ހިމަނައިގެން ލިޔެފައިވާ ވާހަކައެކެވެ. މި ފިލްމު ޑައިރެކްޓް ކުރަނީ ”ގޮށްރާޅު“ ވެސް ޑައިރެކްޓްކުރި އަހްމަދު ޝިނާންއެވެ.
މި ފިލްމުގެ ވެސް ޕްރޮޑިއުސަރުންނަކީ މުހައްމަދު އަލީ (މޮގާ) އާއި އާއިޝަތު ފުއާދު ތައުފީގެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ