މުޅި ލަންކާއިން ކަރަންޓު ކެނޑިއްޖެ

އަވަށްޓެރި ސްރީލަންކާގެ ހުރިހާ އަވަށަކުން ކަރަންޓު ކެނޑި އެގައުމުގެ ރައްޔިތުންނަށް ގިނަ ދަތި ތަކަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.
ގާތްގަނޑަކަށް ހަތްގަޑިއިރަށް ކަރަންޓު ކެންޑިފައި ވަނީ ޓްރާންސްމިޝަން ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށް އެގައުމުގެ ކަރަންޓާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
ކަރަންޓުގެ މައްސަލަ ދިމާވީ ކެރަވަލަ ޕިޓީޔާގެ ސަބް ސްޓޭޝަނުންނެވެ. މައްސަލަދިމާވުމާއި އެކު މުޅި ޤައުމުން ވަނީ ކަރަންޓު ކެންޑިފައެވެ.
ކޮލަމްބޯ ސަރަހައްދަށް ހަތް ގަޑިއިރު ފަހުން ކަރަންޓް ލިބުނު ނަމަވެސް އެހެން ހިސާބުތަކަށް އަދިވެސް ކަރަންޓެއް ނުލިބެ އެވެ. އަދި އެހެން ހިސާބުތަކަށް ވީ އެންމެ އަވަހަކަށް ކަރަންޓުގެ ޚިދުމަތް ފޯރު ކޯށްދިނުމަށް މަސައްކަތް ކުރަނމުން އަންނަކަމަށް ވަނީ ރިޕޯރޓް ކޮށްފައެވެ.
ކަަރަންޓް ކެނޑުމުގެ ސަބަބުން އެ ޤައުމަށް ކުރިމަތި ވި ބައެއް ދަތިތަކުގެ ތެރޭގައި ކޮލަމްބޯގެ ޓްރެފިކް ބައްތިތައް ނިވުމުން މަގުތަކުގައި ތޮއްޖެހުނެވެ. އެހެން ކަމުން ޓްރެފިކް ހަމައަކަށް އަޅުވަން ޖެހުނީ ފުލުހުން ނެރެގެންނެވެ.
ކަރަންޓް ކެނޑުމާއި އެކު ބައެއް ރައްޔިތުންނަށް ފެންލިބުމުގައި ވެސް ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ. އަދި ބައެއް ގެތަކަކީ ހަމައެކަނި ކަރަންޓު ބޭނުން ކޮށްގެން ކައްކާ ގޭގެ ކަމަށް ވެފައި ކެއްކުމުގައި ވެސް އެ ޤައުމުގެ ރައްޔިތުންނަށް ވަނީ ދަތިތަކާ ކުރިމަތިވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ