ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު އަބުދުއްރަހީމް އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރައްވައިފި

ޕީޕީއެމަށް ރައްޔިތުންގެ މަޖިލީހުގެ ގާނުނީ ހައިސިއްޔަތު ހޯދައިދިނުމަށް ލ. ފޮނަދޫ ދާއިރާގެ މެންބަރު އަބުދުއްރަހީމް އަބުދުﷲ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު ކަމުން އިސްތިއުފާ ދެއްވެމުމަށް ފަހު އަލުން ޕިޕީއެމްގެ ނަމުގައި އެ ގޮނޑިޔަށް ވާދަކުރަން ނިންމައިފި އެވެ.
މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މަޖިލިހުގައި ޕީޕީއެމްގެ ވަރަށް ގިނަ މެންބަރުން ތިބުމާ އެކު މަޖިލިހުގެ ރަސްމީ ހައިސިއްޔަތެއް ހޯދުމަށް ކުރި މަސައްކަތްތައް މިހާހިސާބަށް ވެސް ނާކަމިޔާބުވުމާ ގުޅިގެން އޭނާ އިސްތުފާދިނުމަށް ފަހު އަލުން ވާދަކުރަން ނިންމެވީ ކަމަށެވެ.
މަޖިލީހުގައި ޕީޕީއެމް ތަމްސީލު ކުރިޔަ ނުދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މަސައްކަތް ކުރައްވާ ކަމަށާއި އެ ބޭފުޅުން ކުރައްވާ މަސައްކަތް ކާމިޔާބު ވިޔަ ނުދެއްވާނެ ކަމަށެވެ.
"އަޅުގަނޑު އިރާދަ ކުރެއްވިއްޔާ ޗުއްޓީ ނިންމާފައި ދެން މަޖިލިސް ފައްޓާނީ ޕީޕީއެމްގެ ޓިކެޓުގައި ވާދަކޮށްގެން، ޕީޕީއެމް އަށް ގޮނޑިއެއް ލިބިގެން،" އަބްދުއްރަހީމް ވިދާޅުވި އެވެ. "އަޅުގަނޑު ދަންނަވަން ބޭނުން ވަނީ ޕީޕީއެމާއި ދިވެހި ރައްޔިތުންގެ ހައްގުގައި ފޮނަދޫ ދާއިރާގެ ގޮނޑިން އިސްތިއުފާ ދިނުމަށް ފަހު ޕީޕީއެމް ޓިކެޓްގައި މަޖިލީހަށް ކުރިމަތިލައިގެން ކުރިއަށް އޮތް ދައުރު ފައްޓާނީ އިރާދަކުރެއްވިޔާމު ޕިޕީއެމްގެ މަޖިލިހުގެ މެންބަރެއްގެ ގޮތަގައި،"
އަބުދުއްރަހީމް ވިދާޅުވީ މިދައުރުގެ މެދެއްހާތަނުން ފެށިގެން މަސައްކަތްކުރައްވަމުން ގެންދެވީ ޕީޕީއެމް ތަމްސީލުކުރެވެނެ ގޮތެއް މަޖިލިހުގައިވޭތޯ ކަމަށާއި އެކަން ކުރުމަށް އާއްމު ކޮޓީގެ ގަވާއިދަށް އިސްލާ ހުށައަލައިގެން އެކަން ކުރެވޭ ގޮތް ނުވި ކަމަށެވެ. އެނާ އަދި ވިދާޅުވީ މަޖިލިހުގެ ރައީސް ޝަހީދު މިއަދު އެ މައްސަލަ އެޖެންޑާނުކުރެއްވި ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި ދެ ބޭފުޅުން ބޭނުން ނުވެގެން ކަމަށެވެ.
"ފުރަތަމަ ތަސްމީން ވަޑައިގަތީ މަޖިލިހުގެ މެޖޯރިޓީ ލީޑަރުކަމުގައި، ނަމަވެސް މިހާރު އެ ހުރީ އެ މަގާމު ގެއްލި މައިނޯރިޓީ ލީޑަރުކަމުގައި. ދެން ޕިޕީއެމަށް މަޖިލިހުގެ ރަސްމީ ހައިސިއްޔަތު ލިބިއްޖެއްޔާ އެ ފުރުސަތު ގެއްލޭނެ އެހެންވެ އެކަން ނުކުރީ،" އަބުދުއްރަހީމް ވިދާޅުވި އެވެ.
އަބުދުއްރަހީމް ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ރައްޔިތުންނާ މަޝްވަރާ ކުރެއްވުމަށް ވަރަށް އަވަހަށް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ފޮނަދު އަށް ވަޑައިގަންނަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ