ޕީޕީއެމް ގެ ފަރާތުން މީހަކު ކޯޓަށް ހާޒިރުވާއިރު، ގަރާރެއް ގެންދަން ސިވިލް ކޯޓުން އަންގައިފި

ސަރުކާރު ހިންގާ ޕާޓި، ޕީޕީއެމް، ގެ ފަރާތުން އެއްވެސް މީހަކު ކޯޓަށް ހާޒިރުވާނަމަ، އެ ހާޒިރުވާ ފަރާތަކީ ޕީޕީއެމްގެ ފަރާތުން ހާޒިރުވާ ފަރާތެއްކަން އަންގައިދޭ، ޕާޓީގެ ހިންގާ ގަވާއިދާއި އެއްގޮތަށް ފާސްކޮށްފައިވާ ގަރާރެއް ގެންދަން، ސިވިލް ކޯޓުން އަންގައިފިއެވެ.
މިގޮތަށް ސިވިލް ކޯޓުން ޕީޕީއެމް އަށް އަންގާފައިވަނީ މާދަމާ ގެ މެންދުރުފަހު 15:30 އަށް ކޯޓަށް ހާޒިރުވުމަށް އެޕާޓީއަށް އަންގާފައިވާ ޗިޓަކާއި އެއްކޮށެވެ. މާދަމާ އަށް ތާވަލްކޮށްފައިވާ އެމައްސަލަ އަކީ ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރުން ކަމަށްވާ، ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް، ހުށައަޅާފައިވާ މައްސަލަ އެކެވެ.
މީގެ އިތުރުން ސިވިލް ކޯޓުން ޕީޕީއެމް އަށް ފޮނުވި އެ ޗިޓުގައި ބުނެފައިވަނީ، އެމައްސަލައިގެ ޝަރީޢަތަށް ޕީޕީއެމްގެ ފަރާތުން މީހަކު ހާޒިރު ނުވެއްޖެ ނަމަ ދެން މައްސަލަ ނިންމާނީ ޕީޕީއެމްގެ ޣައިރުޙާޒިރުގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ