އުތުރާއި މެދު ރާއްޖެތެރެއަށް މޫސުން ގޯސްވާނެ

އުތުރާއި މެދުރާއްޖެތެރެއަށް މިއަދުވެސް މޫސުން ގޯސްވާނެކަމަށާއި ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެފި އެވެ.
އެގޮތުން އުތުރާއި މެދު ރާއްޖެ ތެރޭގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށާއި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ އެވެ.
އެ އިދާރާއިން ވަނީ ބ. އަތޮޅުން ފެށިގެން ދ. އަތޮޅަށް މިއަދު ހެނދުނު 7:00 އިން މެންދުރު 12:00 ޖެހުމާ ހަމައަށް ވައިޓް އެލާޓް ނެރެފައެވެ.
ދެކުނުުގެ އެކިހިސާބަށް ކެރީގެ އަސަރު ފޯރާނެކަމަށާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން އަދި އެހެން ހިސާބުތަކަށް އިރާއި އިރުދެކުނުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ