ރައީސަށް މަރުހަބާ ދަންނަވަން ސްކޫލް ދަރިވަރުން ނެރުނީ އެޑިއުކޭޝަނުގެ އުސޫލުތަކާއި ހިލާފަށް!

ހއ. ހޯރަފުށީ އެއާޕޯޓު ހުޅުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ރަށަށް ވަޑައިގެންނެވިއިރު ރައީސަށް މަރުހަބާ ދަންނަވަން ސްކޫލް ދަރިވަރުން ނެރެފައިވަނީ އެޑިއުކޭޝަން މިނިސްޓްރީން އެގޮތަށް އަމަލު ނުކުރަން އަންގާފައިވަނިކޮށެވެ.އެޑިއުކޭޝަން މިނިސްޓްރީން 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނެރުނު ސާކިއުލާއެއްގައި ވަނީ، ސަރުކާރުގެ އިސް ބޭފުޅުން ރަށްރަށަށް ވަޑާއިގަންނަވާއިރު މަރުހަބާ ދެންނެވުމަށް ދަރިވަރުން ނެރެގެން ނުވާނެ ކަމަށެވެ. އަދި އެގޮތަށް ދަރިވަރުން ނެރެ ގިނަ ވަގުތު ކޮޅަށް ބޭތިއްބުމާއި އަވީގަތި ބޭތިއްބުމަކީ ދަރިވަރުންގެ ސިއްހަތަށް ނޭދެވޭ އަސަރު ކުރާ ކަމެއް ކަމަށްވެސް އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު ސޮއި ކުރައްވައި ނެރުނު ސާކިއުލާގައިވެއެވެ. އަދި އެގޮތަށް ދަރިވަރުން ބޭނުން ކުރުމުން، އެ ދަރިވަރުންނާއި ބެލެނިވެރިންގެވެސް ވަގުތު ވަރަށް ބޮޑަށް ގެއްލިގެންދާކަމަށް އެ ސާކިއުލާގައި ފާހަގަކޮށްފައިވެއެވެ.އެގޮތަށް މިނިސްޓްރީން އަންގާފައިވީނަމަވެސް ރައީސް ސޯލިހް ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނަށް މަރުހަބާ ދަންނަވަން ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ގަދަ އަވީގައި ބައިތިއްބާފައެވެ. އަދި ގިނަ އިރުތަކެއް ވަންދެން އެކުދިން އެތާ ތިބި އިރު މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.ރައީސް މައުމޫންގެ ވެރިކަމުގައި މިގޮތަށް ސްކޫލް ދަރިވަރުން، އެމަނިކުފާނަށް މަރުހަބާ ދަންނަވަން ނެރުމުން، އެކަމާއި ދެކޮޅަށް އެންމެ ބޮޑަށް ފާޑުކިޔާފައިވަނީ މިހާރު ވެރިކަން ކުރާ އެމްޑީޕީގެ އިސް ބޭފުޅުންކަން ފާހަގަކޮށްލެވެއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
100 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ