ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރާއްޖޭގައި ކުރެއްވީ ދިވެހިން ފިތްކަނޑައިގެންދާ ވަރުގެ އަނިޔާވެރި ވެރިކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހާއި ޕީއެސްއެމް ގުޅިގެން ގެނެސްދިން "އާސްކް ސްޕީކާ" ޕްރޮގްރާމްގައި އާއްމު ފަރާތަކުން ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރުމާ ގުޅޭގޮތުން ކުރި ސުވާލެއްގެ ޖަވާބުގައެވެ.
ނަމަވެސް ޔާމީން ގެއަށް ބަދަލުކުރުމާ ގުޅޭ އެ ސުވާލަށް ނަޝީދު ސީދާ ޖަވާބެއް ދެއްވާފައެއް ނުވެއެވެ.
އެ ސުވާލާ ގުޅުވައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި މައުމޫން ޖަލަށް ނުލެއްވީ މައުމޫން ކަމެއް ނުކުރައްވާތީ ނޫން ކަމަށާއި މައުމޫނަކީ 30 އަހަރުގެ ދިގު ހުދުމުހުތާރު އަދި ދިވެހިންގެ ފިތްކަނޑައިގެންދާހާ އަނިޔާވެރި ވެރިކަމެއް ކަމެއް ކުރެއްވި ބޭފުޅެއް ކަމަށެވެ.
"އަޅުގަނޑު އެކަން ބެލީ ތާރީހުގެ ފަށްފުށަށް ގެންދެވި، އަޅުގަނޑުމެންނަށް ހެޔޮ ގޮތުގައި ދިވެހިންނަށް ވެރިކަން ކުރަމުން ދެވޭނެ ގޮތެއް ހޯދުން" މައުމޫން ޖަލަށް ނުލެއްވި ސަބަބާއި ގުޅޭގޮތުން ނަޝީދު ވިދާޅުވިއެވެ.
އަދި ރާއްޖޭގައި ވެރިކަން ކުރައްވާފައި ތިއްބަވާ ބޭފުޅުންނާ ދޭތެރޭގައި ހަރުކަށިކޮށް ހިތުމުން އެއީ ރަނގަޅު ކަމެއްގެ ގޮތުގައި ގިނަ މީހުން ދެކޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ ވެރިކަމުގައި މައުމޫން ޖަލަށް ނުލެއްވި ނަމަވެސް ބައެއް މައްސަލަތަކުގައި މައުމޫނު ފުލުހަށް ހާޒިރުކޮށްފައިވެއެވެ.
މައުމޫނު ކުރެއްވީ ފިތްކަނޑައިގެންދާ ވަރުގެ އަނިޔާވެރި ވެރިކަމެއް: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ