ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ފުލުުހުން މައުމޫން އާއި ސުވާލު ކުރަނީ

ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ސުވާލުކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތަހުގީގަށް ބޭނުންވާ ބައެއް ސުވާލު ކުރުމަށް މައުމޫންގެ ގެކޮޅަށް ދިޔުމުން މިވަގުތު ބައްދަލުވާން ނެތް ކަމަށާއި އަދި ފަހުން ގުޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށެވެ. އަދި ސުވާލުކުރަން ދިޔަ ފުލުހުންގެ މައުލޫމާތު މައުމޫން ހޯއްދެއްވި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ރައީސް މައުމޫނާއި ފުލުހުން ސުވާލުކުރަން މަސައްކަތް ކުރަނީ ކޮން މައްސަލައަކާި ގުޅިގެންކަން އެނގިފައެއް ނުވެއެވެ.
މައުމޫން އާއި ސުވާލުކުރުމުގެ މަސައްކަތް ފުލުހުން ފެށިއިރު ސުޕްރީމް ކޯޓުން ކަންތައްތައް ނިންމުމުގައި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމްގެ އަތެއް ވާކަމަށް މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މެންބަރު ޒައިދުލް އަމީން ވަނީ ދާދިފަހުން ތުހުމަތު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ