އިދިކޮޅު ޕާޓީތަކުން މިއަދު ހަވީރު އެމްޑީޕީ ހަރުގެ ސަރަހައްދުގައި ކުރިއަށް ގެންދާ އިހްތިޖާޖްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަނބަލުން ސަނާ ގާސިމް ބައިވެރިވެވަޑައި ގަންނަވައިފިއެވެ.
މިއީ ގާސިމްގެ ބޭފުޅަކު މިފަދަ އިހްތިޖާޖެއްގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
އެމްޑީޕީ ހަރުގޭގައި ވާހަކަ ދައްކަވަމުން ސަނާ ވިދާޅުވީ ބައްޕަ ޤާސިމް އިބްރާހީމާއި ކޮއްކޮ އިބްރާހިމް ސިޔާދު ގާސިމްއަށް ސަރުކާރުން އަނިޔާދެމުން ގެންދަނީ ރައީސް ޔާމީންގެ ސަރުކާރަށް ތާއީދު ނުކުރާތީ ކަމުގައެވެ. އަދި ބައްޕަ ގާސިމް އިބްރާހިމްގެ ކުށަކީ ރައީސް ޔާމީންގެ ސަރުކާރަށް ތާއީދު ނުކުރުން ކަމަށްވެސް ސަނާ ވިދާޅުވިއެވެ.
ސަނާ ވިދާޅުވީ ބައްޕައާއި ކޮއްކޮ އަށް ސަރުކާރުން ދެމުން ގެންދާ އަނިޔާތަކުގެ ސަބަބުން އާއިލާއަށް ފުން ހިތާމައެއް ލިބެމުންދާ ކަމަށެވެ.
ނަމަވެސް އަނިޔާވެރިކަމާއި ދެކޮޅަށް ތެދުވަން ޖެހޭ ކަމަށާއި އަނިޔާވެރިކަމާއި ދެކޮޅަށް ބަސް ބުނަން ޖެހޭކަމަށް ސަނާ ވިދާޅުވިއެވެ. އަދި އަނިޔާވެރިކަމާއި ބޭއިންސާފަށް ނޫނެކޭ ބުނުމަށް ސަނާ ގޮވައިލެއްވި އެވެ.
ސަނާ ގާސިމް އިދިކޮޅު އިހްތިޖާޖްގައި، އަނިޔާއާ ދެކޮޅަށް ތެދުވުމަށް ގޮވައިލެއްވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ