މި ފެށުނު 2018 ވަނަ އަހަރަކީ އާ ސަރުކާރެއް އެކުލަވާލާ ރާއްޖެ އަނބުރާ ހޯދަން ލިބޭ ފުރުސަތެއް ކަމަށް ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
އާ އަހަރާ ދިމާކޮށް ޑރ.ޖަމީލު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ނިމި ދިޔައީ ހިތްހަމަ ނުޖެހުން ބޮޑު، ބާރުތައް ނަހަމަ ގޮތުގައި ބޭނުންކޮށް، އިންސާނީ ހައްގުތައް އިންތިހާއަށް ނަގާލި އަހަރެއް ކަމަށެވެ. ފެށުނު އަހަރަކީ އާ ސަރުކާރެއް އެކުލަވާލާ ރައްޔިތުންނާއި ގުޅިގެން ފުލުހުންނާއި ސިފައިންނާއި ޝަރުއީ ދާއިރާއިން މަސައްކަތްކޮށް ގައުމު އަނބުރާ ހޯދަން ލިބޭ ފުރުސަތެއް ކަމަށް ޑރ.ޖަމީލު ވިދާޅުވެފައިވެއެވެ. Year of misery,unspeakable abuse of power & flagrant human rights violations behind us.2018 should usher in new government & together with our people, judiciary, military & police lets seize the opportunity to take back control of our nation & it’s sovereignty. Happy New Year!— Mohamed Jameel Ahmed (@MJameelAhmed) December 31, 2017
އިދިކޮޅު ފަރާތްތަކުން އެކުލަވާލާފައިވާ އެމްޔޫއޯގެ ލީޑަރުކަން ވެސް ކުރައްވާ ޑރ.ޖަމީލު ގެންދަވަނީ އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް ކުރާ މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. ނައިބް ރައީސްކަމުން ދުރު ކުރުމުން އަމިއްލައަށް އަރުވާލެވިގެން އިނގިރޭސިވިލާތުގައި ހުންނެވި ޑރ.ޖަމީލު ވަނީ ދާދި ފަހުން ޖަރުމަނަށް ވަޑައިގެން އެގައުމުގައި ހުންނެވި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާ ބައްދަލު ކުރައްވާފައެވެ.
ޖަމީލު ގެންދަވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.
2018 އަކީ ރާއްޖެ އަނބުރާ ހޯދަން ލިބޭ ފުރުސަތެއް: ޑރ.ޖަމީލު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ