މާދަމާއިން ފެށިގެން ސުޕްރީމް ކޯޓު ރިސެސް އަށް ދާން ނިންމައިފި އެވެ.
މާދަމާ ސުޕްރީމް ކޯޓު ރިސެސްއަށް ދާއިރު ރިސެސްގައި އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކޯޓުތަކުގެ ގާނޫނު އޮންނަ ގޮތުން ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ ޖެނުއަރީ މަހާ ހަމައަށް ސުޕްރީމް ކޯޓު އޮންނާނީ ރިސެސްގަ އެވެ.
ކޯޓުތަކުގެ ތެރެއިން ސިވިލް ކޯޓާއި ޖުވެނައިލް ކޯޓު މިހާރު ވެސް އޮތީ ރިސެސްގަ އެވެ. އެ ދެ ކޯޓުގެ ރިސެސް ނިމޭނީ މި މަހުގެ 20 ވަނަ ދުވަހު އެވެ. ހައި ކޯޓުވެސް މި މަހުގައި ރިސެސް އަށް ދާން އޮތް އިރު އަދި ހައިކޯޓުގެ ރިސެސް ފަށާފައި ނުވެއެވެ. އަދި ކްރިމިނަލް ކޯޓުގެ ރިސެސް ވެސް އަދި ނުފެށެ އެވެ.
ކޯޓު ރިސެސްގައި އޮންނަ މުއްދަތުގައި، ޚާއްސަ ހާލަތެއް ފިޔަވައި، އާންމު އުސޫލުން އެއްވެސް ޝަރީއަތުގެ އަޑުއެހުމެއް ނުބާވާ ނަމަވެސް މައްސަލަތައް ބަލައިގަތުމާއި ކޯޓުގެ އިދާރީ މަސައްކަތްތައް ކުރިއަށްދާނެ އެވެ.
މާދަމާ އިން ފެށިގެން ސުޕްރީމް ކޯޓުގެ ރިސެސް އަށް ދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ