ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން މާދަމާ ފުލުސް އޮފީހަށް ހާޒިރުވާން އަންގައި އޭނާ އަށް ޗިޓް ފޮނުވައިފި އެވެ.
މާދަމާ ހަވީރު 4:00 އަށް ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވާއިރު، އެއީ ކޮން މައްސަލައެއްގައި ކަމެއް އަދި ސާފެއް ނުވެ އެވެ.
ޔުމްނާ ފުލުސް އޮފީހަށް ކުރާއިރު، އޭނާގެ ބައްޕާފުޅު މައުމޫނާއި ކޮއްކޯފުޅު އަހުމަދު ފާރިސް މައުމޫން އަދި ފިރިކަލުން މުހައްމަދު ނަދީމް ހުންނެވީ، އެ ބޭފުޅުންގެ މައްޗަށް ކުރާ ތުހުމަތާ ގުޅޭ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފަ އެވެ. މައުމޫނާއި ނަދީމް ބަންދުކުރިތާ މިއަދަށް ތިން މަސް ވެއްޖެ އެވެ. އަދި ފާރިސް ބަންދުކޮށްފައި ހުންނަތާ ނުވަ މަސް ވެއްޖެ އެވެ.
މައުމޫނާއި ފާރިސް އަދި ނަދީމްގެ މައްޗަށް ވެސް ކުރަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގާނޫނާ ޚިލާފަށް ވައްޓާލަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތެވެ. ތިން ބޭފުޅުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި ވަނީ ޝަރީއަތް ވެސް ފަށައިފަ އެވެ.
ޔުމްނާ މައުމޫން ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ