ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިންނާއި، އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް ހަނީފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލްކޮށްފި އެވެ.
މައްސަލައިގެ އަޑުއެހުން ތާވަލްކޮޮށްފައިވަނީ މިއަދު 13:00 އަށެވެ. މިއީ މި މައްސަލާގައި ބާއްވާ ފުރުތަމަ އަޑުއެހުމެވެ.
ސައުދާއި، ހަނީފްގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން ރޭވުމުގެ ދައުވާ އެވެ. އެ ދައުވާ އެ މީހުުންގެ މައްޗަށް ކޮށްފައިވަނީ ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނު އަވަހާރަކޮށްލަން ރޭވިކަމުގެ ތުހުމަތުކުރުމަށްފަހު އެވެ.
ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް އަންގާ ފޮނުވި ޗިޓާއެކު، ސައުދު ޓުވީޓްކުރައްވާފައިވަނީ އެ ދައުވާކޮށްފައިވަނީ ރައްޔިތުންގެ ހައްޤުތައް ކަށަވަރުކުރުމަށް މަސައްކަތްކުރާތީ ކަމަށެވެ. އަދި ފުލުހުންގެ އިދާރާއިން ފްރޭމްކޮށް، ތަހުޤީޤްކޮށް، ނުހައްޤު ދައުވާއާއި ޝަރީއަތާއި، ޖަލު ގޮޅި ދެކެ ބިރު ނުގަންނަ ކަމަށާއި، ބިރުވެތިވަނީ ﷲ އަށް ކަމަށް ސައުދު ވިދާޅުވި އެވެ.
Siyaasee dhauvaa, Season 2, Episode1 “Terrorism” 9th May 2018 1pm, criminal court. Rayyithunge hagguthah kashavaru kurumah masakkai kuraathyve, @PoliceMv in Frame thahugeegu koh, nuhaggu dhauvaa aai shariathai, jalu goleege biru nuganey. Biruvethi vanee “Allah” ah. #NationFirst. pic.twitter.com/BfsPEBo0LL
ސައުދާއި، ހަނީފްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ އެ ދައުވާ ސާބިތުވެެއްޖެނަމަ، ކޮންމެ މީހަކަށް 17 އަހަރާއި 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ޓެރަރިޒަމްގެ ދައުވާގެ އިތުރުންވެސް އިތުރު ދެ ދައުވާއެއް ސައުދުގެ މައްޗަށް ކޮށްފައިވެއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
މެމްބަރު ސައުދާއި، ހަނީފްގެ މައްޗަށްކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމެއް މިއަދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ