މިދިޔަ އަހަރު މުދަލުގެ ޒަކާތަށް ދެއްކި ފައިސާ އިތުރުވެއްޖެ

2016 ވަނަ އަހަރާ އަޅާ ބަލާއިރު މިދިޔަ އަހަރު މުދަލުގެ ޒަކާތުގެ ގޮތުގައި މީރާ އަށް ދައްކާފައިވާ ފައިސާ 75 އިންސައްތަ އަށް އިތުރުވެފައިވާ ކަމަށް މީރާގެ ހިސާބުތަކުން ދައްކައިފިއެވެ.
މިރާގެ ހިސާބުތަކުން ދައްކާގޮތުގައި 2016 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި މީރާއަށް 35 މިލިއަން ރުފިޔާ ބަލައިގަންފައި ވެއެވެ. އަދި މިދިޔަ އަހަރުގައި ބަލައިގެންފައިވަނީ 62 މިލިއަން ރުފިޔާއެވެ. މިއީ ކުރީއަހަރާއި ބަލާއިރު 75 ޕަސަންޓް އިތުރު އަދަދެކެވެ.
ރާއްޖޭގައި މިހާރު ފަގީރުންގެ ފޮތުގައި ރަޖިސްޓްރީ ކުރެވިފައިވަނީ 12،305 މީހުނެއެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 39،695 މީހުން މަދު އަދަދެކެވެ. މިހެންވުމާއެކު ކުރިން ފަގީރަކަށް ޖެހޭ ފައިސާގެ އަދަދު 400 ރުފިޔާއިން 900 ރުފިޔާއަށް ވަނީ ބޮޑުވެފައެވެ.
އަހަރުގެ ހުރިހާ ދުވަސް ވަރެއްގައި ވެސް މުދަލުގެ ޒަކާތް ދައުލަތުގެ ޓެކްސް އިދާރާއިން ބަލައިގަނެއެވެ. މުދަލުގެ ޒަކާތުގެ ނިސޯބް ކަމަށް މިދިޔަ އަހަރުގެ ޖުލައިމަހުގެ 15ގައި ކަޑައަޅާފައިވާ 4،944.45 ރުފިޔާ އިސްލާމިކް މިނިސްޓްރީއިން ވަނީ 4،950.40 އަށް މިދިޔަ އޮކްޓޯބަރ މަހުގެ ތެރޭގައި ބަދަލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ