ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުވާ އުފުލުމާއި އެކު ގާސިމްގެ ފަރާތުން ވަރަށް އާދަޔާ ޚިލާފް ކަންތައް ފެންނަން ފެށިއެވެ. އެގޮތުން ގާސިމަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށާއި ވީ އެންމެ އަވަހަކަށް ރާއްޖެއިން ބޭރަށް ގެންދަން ޖެހޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަން ފެށިއެވެ.
ހަގީގަތުގައި ގާސިމް މަސައްކަތް ކުރަމުން ގެންދިޔައީ ކޮންމެވެސް މޮޅު ސްޓަންޓެއް ޖައްސާފައި ޖަލު ހުކުމުން ސަލާމަތް ވުމަށެވެ. އެހެން ނަމަވެސް އެކަން ވާނެ ގޮތެއް ނެތުމުން ގާސިމް އެންމެ ފަހުން ކޯޓުތެރެއަށް “ހޭނެތިގެން” ވެއްޓުނީއެވެ.
އެމަޖެންސީގައި އައިޖީއެމްއެޗަށް ގޮސް ބަލާލިއިރު ގާސިމް އޮތީ ރާއްޖެއިން ބޭރަށް ނުގެންގޮސްފި ނަމަ “މަރުވާ” ހިސާބުގައި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އެމީހުންގެ އާދައިގެ މަތިން ދޮގު ފަތުރަން ފެށިއެވެ
ގާސިމްގެ ފަރާތުން ފެންނަމުން ދިޔައީ ބޮޑު “ޑްރާމާ” އެއް ކަމުގައި އޭރު ވެސް ރައްޔިތުންގެ ތެރެއިން ގިނަބަަޔަކު ގެންދިޔައީ ބުނަމުންނެވެ. އެހެން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބުނަމުން ގެންދިޔައީ ގާސިމަށް ވުރެ ކުރިން މައިބަނދަ އޮަޕަރޭޝަން ކުރަން ފޮނުވި ނަޝީދު ގޮނޑިރޭސް ޖަހައިގެން އޮޕަރޭޝަން ކުރި ގޮތް އެނގޭތީއެވެ.
ގާސިމްގެ ފަރާތުން ފެންނަމުން ދިޔަ ޑްރާމާއަކަށް ވިޔަސް ޝަރުޢީ ކޯޓެއްގެ ހުކުމަށް އިހްތިރާމް ކުރުމުގެ ގޮތުން ސަރުކާރުން ވަނީ ގާސިމަށް ރާއްޖެއިން ބޭރަށް ބޭސްފަރުވާ އަށް ދިއުމުގެ ހުއްދަ ދީފައެވެ.
އެ ހުއްދަ ދިނުމާއި އެކު ބަލި އެނދުގައި ތެދުވާނެ ވަރެއް ވެސް ނެތި އޮތް ގާސިމް އަށް ތެދުވާނެ ހިތްވަރު ލިބި މޫނުމަތިން ފެނުނު އުފާވެރިކަމުގެ ކުލަވަރު އެއާޕޯޓުގައި ގާސިމް އާއި ސިޔާސީ ބައެއް ފަރާތްތަކުން ނަގާފައިވާ ފޮޓޯތަކުން ހާމަވާނެއެެވެ.
ސިންގަޕޫރުގެ ފަސްގަނޑުގައި ފައިތިލަ ޖެހުމާއި އެކު ގާސިމްގެ ބަލި ރަނގަޅު ވެއްޖެއެވެ. މިހާރު ގާސިމް އުޅެނީ އެއް ހޮޓަލުން އަނެއް ހޮޓަލުން ދުވަމުންނެވެ.
އެހެންވީމާ ނަޝީދަށް ވުރެ ގާސިމް ވެސް ވަކި ބައްޔެއް ނުވިތާއެވެ. ނަޝީދު މައިބަދައިގެ އޮޕަރޭޝަން ކުރީ ގޮނޑި ރޭހެއްގައި ބައިވެރިވެގެންނެވެ. ގާސިމް ހިތުގެ ބައްޔަށް ފަރުވާ މި ހޯދަނީ ސިންގަޕޫރުގެ މަގުމަތީގައި ދުވެގެންނެވެ.
ބޭސްފަރުވާއަށް ފޮނުވި ގާސިމް ސިންގަޕޫރުގެ މަގުމަތީގައި ދުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ