ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސް އެކްސްޕޯޓް ކުރާ އެންސިސް ފިޝަރީޒްގެ 2.7 މިލިއަން ރުފިޔާ ފޭރިގަތް މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އިއްޔެގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެއިން ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައި ވަނީ އުމުރުން 23 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ އަންހެނެއް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އަދި މި ދެމީހުންގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަހުގެ މުއްދަތެއް ޖަހާފައިކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
މި މައްސަލައާ ގުޅިގެން މިހާރު ހަތަރު މީހަކު ވަނީ ހައްޔަރު ކުރެވިފައެވެ.
އެންސިސްގެ 2.7 މިލިއަން ރުފިޔާ ފޭރިގެންފައިވަނީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރޯ މޯލްގައި ހުންނަ މޮރިޝަސް ބޭންކްގެ ބްރާންޗުން ފައިސާ ނަގައިގެން، އެންސިސްގެ މުވައްޒަފު ވެހިކަލަށް އަަރަން އުޅެނިކޮށް ސައިކަލެއްގައި ދިޔަ ދެ މީހެކެވެ. ފޭރުނު މީހުން ތިބީ މޫނު ނިވާނުކޮށްގެން ކަމަށް ވިޔަސް އެ ސަރަހައްދުގައި ހުރި ސީސީޓީވީ ކެމެރާތަކަށް އަރާނެ ކަމަށް އެންސިސް އިން ބުނެފައިވެއެވެ.
އެންސިސްގެ ފައިސާ ފޭރިގަތް މައްސަލައިގައި ދެމީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ