ހުޅުމާލޭގައި އެކްސިޑެންޓްތައް ހިނގައި 8 މީހަކަށް އަނިޔާ ވެއްޖެ

ހުޅުމާލޭގައި މިރޭ ހިނގި އެކްސިޑެންޓްތަކެއްގައި 8 މީހަކަށް އަނިޔާވެއްޖެއެވެ.
ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ވިދާޅުވީ އެކްސިޑެންޓަށްފަހު ފުރަތަމަ އެ ހޮސްޕިޓަލަށް ގެނެސްފައިސަވަނީ 22 އަހަރު ގެ ދެ ޒުވާނަކާއި، 19 އަހަރުގެ ޒުވާނަކާއި އަދި އުމުރު ކަށަވަރު ނުވާ ޒުވާނެއް ކަމަށެވެ.
ބާވީސް އަހަރުގެ ދެ ޒުވާނުންނަށް އަނިޔާވެފައިވަނީ ސައިކަލް ކަހައިލައިގެން ވެއްޓިގެންނެވެ. އެ ދެމީހުންގެ ވެސް ބޮލަށާއި އެކިތަންތަނަށް އަނިޔާވެފައިވާ ކަމަށް އާސަންދަ ކުންފުނިން ވިދާޅުވިއެވެ. އެ ދެމީހުންނަށް މިހާރުވެސް ދަނީ ފަރުވާދެމުންނެވެ. 19 އަހަރުގެ ޒުވާނާއަށް ވެސް އެކިވަރުގެ ކުދިކުދި އަނިޔާވިއެވެ. އެހެންނަމަވެސް އޭނާއަށް ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލައިފައެވެ. އުމުރު ކަށަވަރު ނުވާ ޒުވާނާއަށް ވެސް އަނިޔާވީ ސައިކަލް ކަހައިލައިގެންނެވެ. އޭނާއަށް ވެސް ލިބިފައިވާ ކުދިކުދި އަނިޔާތަކަށް ފަރުވާ ދިނުމަށްފަހު މިހާރުވަނީ ދޫކޮށްލައިފައެވެ.
މިރޭ 11:30 އެހައިކަންހާއިރު ހިނގި އެކްސިޑެންޓެއްގައި އިތުރު 4 މީހަކުވެސް ހުޅުމާލެ ހޮސްޕިޓަލަށް ގެނައި ކަމަށް އާސަންދަ ކުންފުނިން ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ 26 އަހަރުގެ ދެ މީހުންނާއި، 24 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެކެވެ. މި މީހުންނަށް ވެސްވަނީ އެކިވަރުގެ ކުދިކުދި އަނިޔާތައް ވެފައެވެ. މިއެންމެންނަކީ ވެސް ފިރިހެނުންނެވެ.
މިރޭވަނީ ވޭނެއް ފުރުޅާލައިގެން ގޮސް ކާރެއްގައިޖެހި އެކްސިޑެންޓެއް ވެސް ހިނގައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ