ކޮންފަރެންސް، "އިންޓަނޭޝަނަލް ކޮންފަރެންސް އޮން އެޕްލައިޑް ސައިކޮލޮޖީ" ގައި ބައިވެރިވެ، ރާއްޖޭގެ ދަރިވަރަކު ރަން މެޑަލް ޙާސިލްކޮށްފިއެވެ.
ސްރީލަންކާގައި މިމަހުގެ 25 އިން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި ކޮންފަރެންސްގައި ހުށަހެޅި ކަރުދާސްތަކުގެ ތެރެއިން އެއްވަނަ ހޯދައި ރަންމެޑަލް ހާސިލްކޮށްފައިވަނީ ޖުމާނާ ސަލީމް އެވެ.
'ޚަބަރުއެމްވީ' އާއި މަޢުލޫމާތު ހިއްސާ ކުރަމުން ޖުމާނާ ބުނީ، ކޮންފަރެންސްގައި އޭނާ ހުށަހަޅާފައިވަނީ ޑިޕްރެޝަނާއި އަމިއްލައަށް މަރުވުމާއި ދެމެދުގައި އޮންނަ ގުޅުމުގެ މައްޗަށް އަލިއަޅުވާލައިގެން ކުރިއަށްގެންދިޔަ ދިރާސާއެއްގެ ރިޕޯޓެއް ކަމަށެވެ.
"ވަރަށް ފަޚުރުވެރިވެ އުފާވި ރާއްޖެއާއި ބެހޭގޮތުން ހަދާފައިވާ ރާއްޖޭގެ މަޢުލޫމާތުތަކެއް ހިއްސާކޮށްގެން ތައްޔާރުކޮށްފައިވާ ރީސާޗެއް ހުށަހަޅައިގެން މިފަދަ ކާމިޔާބީއެއް ލިބުމުން" - ޖުމާނާ ބުންޏެވެ.
"އެކްސްޕްލޯރިންގް ޑިޕްރެޝަން އެންޑް ސުއިސައިޑަލް ވަޔަލޭޝަން އިން ދި މޯލްޑިވްސް"ގެ ނަމުގައި ކުރިއަށްގެންދިޔަ މި ދިރާސާގައި ޑިޕްރެޝަންގެ ސަބަބުން އަމިއްލައަށް މަރުވާން ދިމާވާ މައިގަނޑު މައްސަލަތަކަށް އަލިއަޅުވާލާފައިވެއެވެ.
މި ދިރާސާ ރިޕޯޓް ޖުމާނާ ހުށަހަޅާފައިވަނީ 'މިޕްސްޓަރ މޯލްޑިވްސް އިންސްޓިޓިއުޓް ފޯ ސައިކޮލޮޖިކަލް ޓްރޭނިންގ އެންޑް ރީސާރޗް'ގެ ފަރާތުންނެވެ.
ސްރީލަންކާގައި އޮތް މި ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ޖުމާނާ އެކަނި ބައިވެރިވިއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ސައިކޮލޮޖިންޓުންނާއި އެ ދާއިރާގެ ޕްރޮފެސަރުން އަދި ތަޖުރިބާކާރުން ބައިވެރިވެފައިވެއެވެ. އޭގެތެރޭގައި އިންޑިއާ، ސްރީލަންކާ، ދުބާއީ އަދި ޕާކިސްތާނުގެ އިތުރުން ބަންގްލަދޭޝްގެ ކަމާ ގުޅުންހުރި ފަރާތްތައް ހިމެނެއެވެ.
މިއީ ގިނަ ޤައުމުތަކަކުން ބައިވެރިވި ބައިނަލްއަޤުވާމީ މިފަދަ ކޮންފަރެންސެއްގައި ދިވެހި ދަރިވަރަކު ރަން މެޑަލް ހާސިލްކުރި ފުރަތަމަ ފަހަރެވެ.
ސައިކޮލޮޖީ ދާއިރާގެ ބައިނަލްއަޤުވާމީ ކޮންފަރެންސެއްގައި ބައިވެރިވެ ރާއްޖޭގެ ދަރިވަރަކު ރަން މެޑަލް ޙާސިލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ