ޑރ. އަފީފް މީދޫ، މަރަދޫފޭދޫ ދާއިރާގެ މަޖިލިސަށް ނިކުންނަވަނީ

ރައްޔިތުންގެ މަޖިލީހުގެ މީދޫ/މަރަދޫފޭދޫ ދާއިރާއަށް ނިކުންނަވާނެކަމަށް މަޝްހޫރު ކުޑަކުދިންގެ ހާއްސަ ޑޮކްޓަރ އަބްދުﷲ އަފީފް ވިދާޅުވެއްޖެއެވެ.
އަފީފް މިއަދު ވިދާޅުވީ މީދޫ/ މަރަދޫފޭދޫ ދާއިރާގެ މަޖިލިސް ގޮޑިއަށް ވާދަކުރަން ނިންމެވީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ. ނަމަވެސް ކުރިމަތި ލައްވަނީ ކޮން ޕާޓީއަކުން ކަން ވިދާޅެއް ނުވެއެވެ.
އައްޑޫއަށް އަލަށް އިތުރުކުރެވޭ ގޮޑިއަށް ގިނަ ބަޔަކު ކުރިމަތިލާން ޝައުގުވެރިކަން ވަނީ ފާޅުކޮށްފައެވެ. އޭގެ ތެރޭގައި ތުލުސްދޫ ދާއިރާ މިހާރު ތަމްސީލު ކުރައްވަމުން އަންނަ ރޮޒެއިނާ އާދަމްވެސް ހިމެނެއެވެ.
ޑރ. އަފީފް ވަނީ ނިމިގެންދިޔަ މަޖިލިސް އިންތިހާބްގައި ވާދަކޮށްފައެވެ. އެފަހަރުގެ އިންތިހާބްގައި އަފީފް ފެއިލްވި ނަމަވެސް މީދޫން އެންމެ ގިނަ ވޯޓު ހޯއްދަވާފައިވަނީ ޑރ. އަބްދުﷲ އަފީފްއެވެ.
މަޑުމައިތިރި ހިތްހެޔޮ ޑރ. އަބްދުﷲ އަފީފްއަކީ ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުންގެ ލޯތްބާއި އިހްތިރާމް ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ