އަނިޔާވެރިގޮތަކަށް މަރާލާފައިވާ ޓެކްސީ ޑްރައިވަރު ޤާސިމް ހަސަން ގެ މަރާއި، މަޖްލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމު އަބްދުލް ކަރީމާއި ގުޅުވައިގެން ދައްކާތީ އެކަމާއި ގުޅިގެން ޝަހީމު ނެރުއްވި ބަޔާނުގައި ސައްހަ ނޫން ވާހަކަތަކެއް ހުރިކަން ހާމަވެއްޖެއެވެ.މިގޮތުން މިއަދުގެ ވަގުތެއްގައި ނެރުނު ބަޔާނުގައި "ހުޅުމާލޭ ޓެކްސީއެއްގެ ތެރޭގައި އދ.މާމިގިލީ ކަނީރުމާގެ ޤާސިމް ހަސަން މަރާލާފައިވާ ހާދިސާ" މިފަދައިން ލިޔެފައިވެއެވެ. ނަމަވެސް މިހާތަނަށް ކަމާއި ބެހޭ އެއްވެސް ފަރާތަކުން، ޤާސިމް މަރާލާފައިވަނީ ކާރު ތެރޭގައި ކަން ހާމަކޮށްފައި ނުވެއެވެ. ޤާސިމް އެންމެ ފުރަތަމަ އާންމުންގެ ބަޔަކަށް ފެނިފައިވަނީ ޒަހަމް ތަކަކާއި އެކު މަގުމަތިންނެވެ. ޤާސިމް ވެއްޓިފައި އޮތް ސަރަހައްދު އަދިވެސް އޮތީ ބަންދުކޮށްފައެވެ. "ދިޔަރެސް" އަށް މައުލޫމާތު ދެމުން ފުލުހުން ވިދާޅުވި ގޮތުގައި، ޤާސިމް މަރާލާފައިވަނީ ކާރުގެ ތެރޭގައި ކަމަށް އެއްވެސް ފަރާތަކަށް މައުލޫމާތު ދެމުން މިހާތަނަށް ބުނެފައި ނުވާނެ ކަމަށެވެ. އެހެން ކަމުން، މެމްބަރު ޝަހީމު މިހެން ވިދާޅުވެފައި ވަނީ ކީއްވެގެން ކަމެއް ސާފެއްނޫނެވެ. ޤާސިމް މަރާލި ރޭ މީސްމީޑިއާގައި އެ މަރާއި ޝަހީމާއި ގުޅުވާ ވާހަކަތަކެއް ފެތުރުނެވެ. މިގޮތުން ޝަހީމް އަތުން ޤާސިމް ލާރިތަކެއް ނަގައި، އެ ލާރި ނުދައްކައިގެން ޤާސިމަށް ޝަހީމް ގޭންގެއް މެދުވެރިކޮށް ބިރުދެއްކި ކަމަށް ހަބަރުތައް ފެތުރުނެވެ. ނަމަވެސް ޝަހީމް ވަނީ މި ހުރިހާ ތުހުމަތެއް ދޮގު ކުރައްވާފައެވެ. އަދި ޤާސިމް އަކީ ދަންނަ މީހެއްވެސް ނޫން ކަމަށާއި އެ މަރާއި އެއްވެސް ކަހަލަ ގުޅުމެއް ނޯންނާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.
މިލިޔުން ކިޔާލުމުން
3 %
އުފާވި
48 %
ދެރަވި
45 %
ރުޅިއައި
3 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ސުއޫދު
ތިއީ ޝަހީމް އަކާއި ގުޅުމެއް ހުރި ކަމެއް ނޫން. ތިކަން ކުރީ ހަރުކަށި ފިކުރުގެ ބަޔަކު.
REPLY
ޤާސިމްގެ އާއިލާ މީހެއް
މީނައަށް ބަލާލުމުން ވެސް އެބަޖަހާ މިކަހަލަ ކަމެއް ކޮށްފާނެ މީހެއް ވައްތަރު. ފުލުހުން މީނަ ހައްޔަރު ނުކޮށްގެން އުޅެނީ ކީއްވެ؟
REPLY
ޑަބިޔާ
މިސްކިތު ހުޅުޖެހިމީހާ އައްވީވަރު ތިވީ؟
REPLY
ކިނބޫ
"އެހެން ކަމުން، މެމްބަރު ޝަހީމު މިހެން ވިދާޅުވެފައި ވަނީ ކީއްވެގެން ކަމެއް ސާފެއްނޫނެވެ."
ވަރަށް ސާފު. މަރާލީ ކާރުތެރޭގަކަން އެނގޭތީ އެހެން އެބުނީ.
REPLY
އިންސާނާ
މިމީހުމްމަކީ ރައްޔިތުން މިމީހުން ވެއްދި ގެއެއްގެ ސަބަބުން ތިމަންނަމެންނާ ގިޔާމައްދުވަހުން ސުވާލުނުވެވޭނެކަމައްދެކިގެން އެގޭތެރޭ އުޅޭ ހާއިނުންތަކެއް ދެން ކިހިނެއް މިމީހުން ހައްޔަރުވެސް ކުރާނީ
REPLY
ރުޤިއްޔާ15
މީނަޔާ ކޮންމެވެސް ގުޅުމެއް އޮތީމަ ދޯ އަޑު އަރާނީ...ނުބައި ވައްތަރެއް ޖަހާ މީހެއް މީ އަދި. ޕާލިމެންޓުގަ ޓައި އަޅައިގެން ތިބީ ގިނައިން ހުސް ގޭންގުތަކުގެ މީހުން.
REPLY
ޢެލެކްސްނަޝީދު
މިމައްސަލަވެސް ދެން މި އޮބުނީ.
REPLY
އަންދާ ޤާނޫން
މި ޤައުމުގެ ތިހަކަލަ ކަންކަން ކުރާނީ ހަރުކަށި ފިކުރުގެ މީހުން. އެ ހެޔޮ ދީނީ އިލްމުވެރިއެއްގެ މަރަކަށް ވިއަސް. މި ޤައުމުގެ ޤާނޫނުގަ އޮތީ އެހެން.
REPLY
އަންދާ ޤާނޫން
މި ޤައުމުގެ ތިހަކަލަ ކަންކަން ކުރާނީ ހަރުކަށި ފިކުރުގެ މީހުން. އެ ހެޔޮ ދީނީ އިލްމުވެރިއެއްގެ މަރަކަށް ވިއަސް. މި ޤައުމުގެ ޤާނޫނުގަ އޮތީ އެހެން.
REPLY
ޤާސިމްގެ މަރާއި ގުޅިގެން މެމްބަރު ޝަހީމް ނެރުނު ބަޔާނުގައި ސައްހަނޫން ވާހަކަތަކެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ