ޖޭއެސްސީން ބަލަމުންދާ މައްސަލަކާއި ގުޅިގެން، ފަނޑިޔާރު އަހުމަދު ރަޝީދު ސަސްޕެންޑްކޮށްފި

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަހުމަދު ރަޝީދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން  ސަސްޕެންޑް ކޮށްފި އެވެ.
 
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފަނޑިޔާރު އަހުމަދު ރަޝީދު ސަސަޕެންޑްކޮށްފައި  ވަނީ ބުދަ ދުވަހުގެރޭ ޖޭއެސްސީގެ ނައިބު ރައީސް މުހައްމަދު ފައިސަލް ރިޔާސަތު ބެލެހެއްޓެވި ޖަލްސާއެއްގައެވެ. އަދި ފަނޑިޔާރު އަހުމަދު ރަޝީދު ސަސްޕެންޑްކޮށްފައި ވަނީ އެ ކޮމިޝަނުން ތަހްގީގް ކުރަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
 
ޖޭއެސްސީން ތަޙްގީގް ކުރަމުންދާ މި މައްސަލާއި ގުޅިގެން އެ ކޮމިޝަނަން ފަނޑިޔާރު އަހުމަދު ރަޝީދު ބުދަ ދުވަހު ހަވީރު  ހާޒިރު ކޮށްފައިވާ ކަމަށް ވެސް ބައެއް މީޑިއާތަކުގައި ބުނެފައިވެއެވެ. 
 
މި ކަމާއި ގުޅިގެން ޖޭއެސްސީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ. އެހެންކަމުން އަހުމަދު ސަސްޕެންޑް ކުރި ސަބަބާއި ގުޅިގެން ރަސްމީ ބަހެއް އަދި ނުލިބެއެވެ.
 
ގާޒީ އަހްމަދު ރަޝީދު ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވީ2015 ވަނަ އަހަރުގައެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ