ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުވެސް ވެރިކަންކުރާ ޕީޕީއެމްއިން ވަކިވެވަޑައިގެންފި އެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަށް ޝާހު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ޕީޕީއެމްއިން ވަކިވެވަޑައިގެންނެވީ މަޖިލީހުގައި މިނިވަންކަމާއި އެކު ވޯޓް ދެއްވުމަށް ކަމުގައެވެ.
އަދި ވީ އެންމެ އަވަހަކަށް ޕީޕީއެމްގެ ދަފްތަރުން ނަން އުނިކޮށް ދެއްވުމަށް ޝާހުވަނީ އެދިވަޑައިގަންނަ ވައިފައެވެ.
އަލީ ޝާހު ޕީޕީއެމްގެ މެންބަރުން ކަމުން ވަކިވެވަޑައިގެންނެވުމުން މަޖިލީހުގައި ތަމްސީލު ކުރައްވާ ޕިޕީއެމްގެ މެންބަރުންގެ އަދަދުވަނީ 34 އަށް ވެއްޓިފައެވެ. ކޯލިޝަން ޕާޓުނަރު އެމްޑީއޭގެ ފަސް މެންބަރުންނާއެކު ހަމަވާނީ ޖުމްލަ 39 މެންބަރުންނެވެ.
މެމްބަރު އަލީ ޝާހުވެސް ޕީޕީއެމްއިން ވަކިވެވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ