އަލިފުށީ ކަނު އަނދިރީގައި، ރައްޔިތުން އިހްތިޖާޖުގައި

އަލިފުށީ ކަރަންޓް ގޮސް ކަނު އަނދިރީގައި ރައްޔިތުން ތިބެން ޖެހިއްޖެ އެވެ.
އަލިފުށީ ކައުންސިލްގެ ނައިބު ރައީސް އަބްދުއް ރަހްމާން ޔޫސުފް ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކަރަންޓް ގޮސް ކަނު އަނދިރީގައި ތިބެން ޖެހުމުން ރައްޔިތުން އިންޖީނުގޭ ކައިރިއަށް އެއްވެ އިހްތިޖާޖު ކުރަމުންދާ ކަމަަށެވެ.
އޭނާ ވިދާޅުވީ މިއަދުގެ ހެނދުނު 10.30 ހާއިރު ކަރަންޓް ދިއުމަށްފަހު ކަރަންޓް ލިބުނީ ހަވީރު 4.30 ހާއިރު ކަމަށެވެ. އަދި އޭގެ ފަހުން މިރޭ އިޝާ ނާމާދުގެ ވަގުތު ކަރަންޓް ދިޔަ ގޮތަށް އަދިވެސް ކަރަންޓް ނުލިބޭ ކަމަށްވެސް ވިދާޅުވި އެވެ.
އަބްދުއް ރަހްމާން ވިދާޅުވީ އެރަށުގައި ކަރަންޓް ހިދުމަތް ދެމުންދާ ފެނައިގެ މުވައްޒަފުން މައުލޫމާތު ދެނީ މިރޭ ވެސް ކަރަންޓް ލިބެން ނެތް ކަމަށެވެ.
އެރަށުގައި ކަރަންޓް ހިދުމަތް ދިނުމަށް 600 ކިލޯވޯޓުގެ އިންޖީނަކާއި 400 ކިލޯވޯޓްގެ އިންޖީނެއް ހުންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އޭގެ ތެރެއިން 600 ކިލޯވޯޓުގެ އިންޖީނަށް މައްސަލަ ދިމާވާތާ މިހާރު ދުވަސްތަކެއް ވެފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. އަދި އެރަށުން ފަހަކަށް އައިސް އެކި ވަގުތު ތަކުގައި ކަރަންޓް ދިއުން މިހާރު އާންމުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެރަށުގައި އިންޖީނުގެ ކައިރިއަށް އެއްވެސް ގިނަ ބަޔަކު ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އެރަށުގައި 24 ގަޑިއިރު ކަރަންޓް ޔަގީން ކޮށްދިނުމަށް ގޮވާލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ