"މިޔަންމާ ސަރުކާރުގެ ލާއިންސާނީ ޖަރީމާތަކުން ސަލާމަތް ވުމަށް ބަންގްލަދޭޝްއަށް ފިލަން މަޖުބޫރުވެ، ހާލުގައި ޖެހިފައިވާ ރޮހިންގާ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން ފުވައްމުލަކުގައި ފެށި ފަންޑް ރައިޒިން ހަރަކާތް ކަމުގައިވާ "ހެލްޕް ރޮހިންޖާ ފުވައްމުލައް"ގެ ދަށުން ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ފުވައްމުލަކުގައި ބަންގްލަދޭޝް ރައްޔިތުން އިވެންޓެއް ބާއްވައިފި އެވެ.
ފަންޑް ރެއިސާއެއްގެ ގޮތުގައި ބޭއްވި މި އިވެންޓު ބާއްވާފައި ވަނީ މިއަދު ހަވީރު 16:00 އިން 18:00 އަށް ފުވައްމުލަކު މާނޭރި އަތިރި ސަރަހައްދުގައި ކަމަށް "ހެލްޕް ރޮހިންޖާ ފުވައްމުލައް" އިންތިޒާމް ކުރާ ފަރާތަކުން ވަނީ މައުލޫމާތު ދީފައެވެ.
އަދި އެމީހުން ވަނީ ވީހާވެސް ގިނަ މީހުންނަށް އެހީވުމަށް އައުމަށާއި އިވެންޓުގައި ބައިވެރިވުމަށް ގޮވާލާފައި ކަމަށް ވަނީ މައުލޫމާތު ދީފައެވެ.
"މި ރަށުގެ ހުރިހާ ބަންގްލަދޭޝް ރައްޔިތުންނަށް އިސްތިހާރު ބަހައިގެން ވަކި ސަރަހައްދަކަށް ގެނެސްގެން ފަންޑް ފޮށި ބަހައްޓާފަ ވަނީ." އިވެންޓުގެ އޮފިޝަލެއް ބުންޏެވެ.
އަދި އޭނާ ބުނީ ފަންޑް ރައިޒިން ހަރަކާތްތަށް ނިންމާލައި ލިބިިފައިވާ ހުރިހާ ފައިސާއެއް ގުނަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 5 ވަނަ ދުވަހު ކަމަށެވެ. އަދި މި ފައިސާ ގުނާނީ ރަށުގެ ރައްޔިތުންނާއި މީޑީއާތަކުގެ ކުރިމަތީގައި ކަމަށް ވެސް ވަނީ ބުނެފައެވެ. މީގެ އިތުރުން މި އިވެންޓް އޮޑިޓް ކުރުމަށް އޮޑިޓް ފާރމްއެއް ކަމަށް ވާ ކްރޯ ހޯވަތް މޯލްޑިވްސް އާއެކު ވެސް ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.
ފުވައްމުލަކުގައި ގާޑިއަން އެސޯސިއޭޝަނުންނާއި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންއާއި ގުޅިގެން ހިންގާ މި ހަރަކާތުގައި ރަށު ކައުންސިލާއި، 11 ޖަމިއްޔާގެ އިތުރަށް ސުކޫލްތަކާއި، ކޮލެޖް އަދި ރަށުގައި ހިންގާ އޮންލައިން ނޫސްތަކާއި، 10 ކެފޭ އަދި ރެސްޓޯރެންޓުން ދަނީ ބައިވެރިވަމުންނެވެ.
ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ފުވައްމުލަކުގައި ބަންގްލަދޭޝް ރައްޔިތުން އިވެންޓެއް ބާއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ