ބ.ތުލާދޫގައި ގޯތި ދޫކުރުން ލަސްވަމުންދާތީ އެރަށުގެ ރައްޔިތުންތަކެއް ކައުންސިލު އިދާރާ ދޮށަށް އެއްވެ ހިތްހަމަ ނުޖެހުން ފާޅު ކުރަމުން އެބަ ގެންދެއެވެ.
ތުޅާދޫ ކައުންސިލުގެ ރައީސް އަހުމަދު ރަޝީދު ވިދާޅުވީ ރައްޔިތުން އެއްވީ ގޯތި ދޫކުރުން ލަސްވަމުންދާތީ ކަމަށެވެ.
އާބާދީގައި 2970 މީހުން އުޅޭ ތުޅާދޫއިން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 2003 ވަނަ އަހަރުއެވެ.
"ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑު. ރަށުގައި އެބައޮތް 17 ހެކްޓަރު ހިއްކާފައި. ރައްޔިތުން ގަނަތެޅުވުމގެ ބޭނުމަކީ ކޮބައިތޯ. އަވަހަށް އެތަނުން ދެއްވަން ވީނުންތޯ. ނޫނީ މިއަށް ވުރެ ބޮޑަށް އާދޭސްކޮސް ސަލާން ޖަހުވަން ބޭނުންވަނީތޯ،" ތުޅާދޫއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ކައުންސިލުގެ ރައީސް ވިދާޅުވީ ގޯތި ދޫކުރުން ލަސްވަނީ ހައުސިން މިނިސްޓްރީން ދޭން ޖެހޭ ހުއްދަތަކެއް ނުލިބިގެން ކަމަށެވެ.
"އަޅުގަނޑުމެން ހައުސިން މިނިސްޓްރީން މިކަން ނުވެގެން އެންމެ ފަހުން ރައީސް އޮފީހަށް ވެސް ލިޔެފިން. އެތަނުން ދިން ޖަވާބަކީ ހައުސިން މިނިސްޓްރީއާއި މަޝްވަރާކޮށްގެން ކުރިއަށް ގެންދާށޭ. ޖުލައި މަހު އަޅުގަނޑުމެން ބައްދަލު ކުރަން ހުށަހެޅީމަ ހައުސިން މިނިސްޓްރީން އަދިވެސް ދޭ ޖަވާބަކީ ބައްދަލުވުން އިންތިޒާމު ކުރުމުގެ މަސައްކަތް ކުރަމުންނޭ ދަނީ. އެތައް ފަހަރަކު މާލެ ގޮސްގެން ވެސް މިނިސްޓަރުގެ ފައިންޕުޅު ނުފެނިގެން މިއުޅެނީ،" ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.
2010 ވަނަ އަހަރު ތުޅާދޫގައި 17 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.
ތުޅާދޫއިން ގޯތި ދޫކުރުން ލަސްވާތީ "ރައްޔިތުން" ކައުންސިލު ދޮށަށް އެއްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ