އޮޕަރޭޝަން ކާމިޔާބު، ގާސިމް މިހާރު އޮންނެވީ އައިސީޔޫގައި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އޮޕަރޭޝަން ކާމިޔާބު ކަމަށާއި އޮޕަރޭޝަނަށް ފަހު މިހާރު އޮންނެވީ އައިސީޔޫގައި ކަމަށް އާއިލާއިން ބުނެފިއެވެ.
ގާސިމްގެ އާއިލާއާއި ހަވާލާދީ ޖޭޕީގެ ސެކެރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ދޮޅު ގަޑި އިރުގެ އޮޕަރޭޝަނަށް ފަހު ގާސިމް އޮންނެވީ އައިސީޔޫގައި ކަމަށާއި، އޮޕަރޭޝަން ކާމިޔާބު ކަމަށެވެ. ނަމަވެސް އިތުރު މައުލޫމާތެއް ނުދެއްވައެވެ.
އެނގިފައިވާ ގޮތުގައި އޮޕަރޭޝަން ކޮށްފައިވަނީ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ނޮވެނާ ހޮސްޕިޓަލުގައެވެ.
"ގާސިމް ގަބޫލުފުޅު ކުރައްވާ ބޭސްފަރުވާއަށް ދެވުނީ އަދި ކާމިޔާބު ކަމާއެކު އޮޕަރޭޝަން ނިމުނީ ވެސް ދިވެހި ރައްޔިތުންގެ ހެޔޮ ދުއާގެ ސަބަބުން ކަން. އަދި ކުރިއަށް އޮތްތަނުގައި ވެސް ތިބޭފުޅުންގެ ހެޔޮ ދުއާއަށް އެދިވަޑައިގަންނަވާ،" ސަމީރު ވިދާޅުވިއެވެ.
ގާސިމްގެ ބޭސްފަރުވާއަށް އިތުރު 10 ދުވަސް ދީފައިވާ އިރު އެ މުއްދަތު މިމަހުގެ 26 ވަނަ ދުވަހަށް ހަމަވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ