ދިވެހިރާއްޖޭގެ މުއްސަނދި ތާރީޚާއި އަދި މީރު ކެއިންބުއިމަށް ލިބިގެންދިޔަ ބޮޑު ޝަރަފެއްގެ ގޮތުން، 2025 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަލިނަރީ އެވޯޑްސްގައި ތިން ދާއިރާއަކުން ދިވެހިރާއްޖެ ނޮމިނޭޓްވެއްޖެއެވެ.
ވިޒިޓް މޯޅްޑިވްސް އިން ސޯޝަލްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިއީ ދިވެހިރާއްޖޭގެ ކެއިންބުއިމުގެ ސަގާފަތާއި، ތާރީޚަށް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި މިއީ މުޅި ދުނިޔެއަށް ދިވެހި ކެއިންބުއިމުގެ މޮޅުކަން ދައްކުވައިދޭނެ ރަނގަޅު ފުރުސަތެއް ކަމަށެވެ.
މި އެވޯޑްސްގައި ރާއްޖެ ނޮމިނޭޓްކުރެވިފައިވަނީ ތިން ދާއިރާއަކުން ނެވެ.
ރާއްޖެ ނޮމިނޭޓް ވެފައިވާ 3 ދާއިރާއަކީ:
ވޯލްޑް ބެސްޓް ކަލިނަރީ ޑެސްޓިނޭޝަން ފޯރ ހެރިޓޭޖް 2025
އިންޑިޔާ ކަނޑުގެ ބެސްޓް ކަލިނަރީ ޑެސްޓިނޭޝަން 2025
އިންޑިޔާ ކަނޑުގެ ބެސްޓް ކަލިނަރީ ސިޓީ ޑެސްޓިނޭޝަން (މާލެ) 2025
މިހާރު ކުރިއަށް ދަނީ ވޯޓު ދިނުން ކަމަށާއި މި އެވޯޑުތަކަށް ވޯޓު ދިނުމުގެ ފުރުސަތު އޮގަސްޓް މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ހުޅުވާލެވިފައިވާ ކަމަށް އެމްއެމްޕިއާރުސީން ވަނީ ބުނެފައެވެ.
މި ކާމިޔާބީއާ އެކު، ދިވެހި ކެއިންބުއިމުގެ ދުނިޔޭގެ މަޝްރަހުގައި ރާއްޖޭގެ މަގާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ. ރާއްޖޭގެ ކެއިންބުއިމަށް ލިބުނު މި ބޮޑު ޝަރަފަކީ، ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް އިތުރު ކުރިއެރުމެއް ގެނެސްދޭނެ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. އަދި އިތުރަށް ރާއްޖެ އިސްތިހާރުވެގެންދާނެ ފުރުސަތެއްކަމަށް ބެލެވެއެވެ.
މަގުބޫލު ލިޔުންތައް އެންމެ ފުރަތަމަ އަހަރެން ހީކުރީ އަހަރެންވެސް މި މަރުވަނީކަމަށް: ފްލައިޓުން ސަލާމަތްވި ހަމައެކަނި މީހާ އެކްޓްރެސް ޝެފާލީ ޖަރިވަލާ ކުއްލިގޮތަކަށް މަރުވެއްޖެ މި އަހަރުގެ އީދު ކުޅިވަރުތަކުން އެންމެ ފާހަގަކުރެވުނީ އައްޑޫކުދިންގެ ރީތިކަން ޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ