އަދީބުގެ ސިއްހީ ފަރުވާގެ މައްސަލައަށް ބައިނަލްއަޤްވާމީ މުޖުތަމައު ވަދެއްޖެ: ޑރ.ޝަހީދު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިއްހީ ފަރުވާގެ މައްސަލައިގެ ތެރެއަށް ބައިނަލްއަޤްވާމީ މުޖުތަމައު ވަދެފައިވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ ހާއްސަ ރެޕެޓުއާ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި "އަދީބަށް ސިއްހީ ފަރުވާ ނުދޭތި އެމައްސަލައިގެ ތެރެއަށް ބައިނަލްއަޤްވާމީ މުޖުތަމައު ވަދެއްޖެ! ސަރުކާރުތަކާއި އަމިއްލަ ޖަމާއަތްތައް ހިމެނޭ" ވިދާޅުވެފައިވެއެވެ.VP Adeebah sih-hee faruvaa nudheythi emassalaige thereah bainal aqwaamee mujuthamau vadhejje! Sarukaaru thakaai amilla jamaa-aiythah himene.— Ahmed Shaheed (@ahmedshaheed) July 4, 2017
ނަމަވެސް އެ ފަރާތްތަކުގެ ތަފުސީލެއް ހާމައެއް ނުކުރައްވައެވެ.
ޑރ. ޝަހީދު މިއަދު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައިވަނީ ނައިބު ރައީސްކަން ކުރެއްވި ބޭފުޅަކު ބޭސްނުކޮށްދީގެން މަރުވާން ޖެހޭނީ އެންމެހާ ދިވެހި ރައްޔިތުން ގޮތް ހުސްވި ދުވަހަކުން ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އެހެންނެއް ނުވާނެ!" ޑރ. ޝަހީދު ވިދާޅުވިއެވެ.VPkan kurevvi beyfulhaku beysnukohdhygen maruvaan jeheyny emmehaa Dhivehi raiyyithun goiyhusvi dhuvahakun! Iraadhakureviyyaa eheneh nuvaane!— Ahmed Shaheed (@ahmedshaheed) July 4, 2017
ޑރ. ޝަހީދު ވަނީ މީގެ ކުރިން، އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ނުދޭ ކަމަށް ބުނާ މައްސަލަ އދ. އަށް ހުށަހަޅާފައިވާ ކަން ހާމަކުރައްވާފައެވެ. ޑރ. ޝަހީދުވަނީ އަދީބުގެ މައްސަލާގައި ސިއްހަތާ ބެހޭ ހާއްސަ ރެޕަޓުއާ ޑރ.ޑެނިއަސް ޕޫރަސްއާއި ބައްދަލު ކުރައްވާފައެވެ.
ނަމަވެސް އޭގެ ތަފުސީލެއްވެސް ޑރ. ޝަހީދު ނުދެއްވައެވެ.
އަދީބަށް ނުރައްކާތެރި ސިއްހީ ހާލަތުތަކެއް ކުރިމަތިވެ ނުރައްކާތެރި ބައްޔެއް ލޮލަށް ޖެހިފައިވާ ކަމަށް އަދީބުގެ އާއިލާއާއި ގާނޫނީ ވަކީލުން ދަނީ ބުނަމުންނެވެ.
ލޮލުގެ ނުރައްކާތެރި ބައްޔެއް ކަމަށްވާ ގްލޮކޮމާ، އަދީބުގެ ލޮލަށް ޖެހިފައިވާ ކަމަށާއި އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދިފައިވާ ކަމަށް އަދީބުގެ ގާނޫނީ ވަކީލުން ދަނީ ބުނަމުންނެވެ. އަދި ކިޑުނީގައި ހިލަ އުފެދިފައިވާ ކަމަށްވެސް ގާނޫނީ ވަކީލުން ވަނީ ބުނެފައެވެ.
އަދީބު ރާއްޖެއިން ބޭރަށް ގެންދިއުމުގެ ހުއްދައަކަށް ވެސް އާއިލާއިން ވަނީ އެދިފައެވެ.
ނަމަވެސް އަދީބު ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމުގެ ހުއްދަ ދިނުމަކީ ފިލަން ފުރުސަތު ދިނުން ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ