ފ. ނިލަންދޫ ދާއިރާގެ މިހާރުގެ ޕީޕީއެމް މެންބަރު އަބްދުލް މުހުސިން (ޖޭފޯ) އަށް އެންމެ ވޯޓެއްގެ ތަފާތުން އެ ގޮނޑި ގެއްލިއްޖެ ކަމަށް ވަގުތީ ނަތީޖާއިން ދައްކައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން އެ ގޮނޑި ކާމިޔާބުކުރައްވާފައިވަނީ އަމިއްލަ ގޮތުން އެ ދާއިރާ އަށް ވާދަކުރެއްވި އަބްދުﷲ ހަލީލެވެ.
އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ވަގުތީ ނަތީޖާތަކަށް ބަލާއިރު ހަލީލަށް 645 ވޯޓު ލިބުނު އިރު މުހުސިނަށް ލިބިފައި ވަނީ 644 ވޯޓެވެ. އެދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އިބްރާހީމް ހަލީލަށް ލިބިފައިވަނީ 106 ވޯޓެވެ.
މީގެއިތުރުން އެދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވި އިބްރާހީމް ހުސައިނަށް އެއްވެސް ވޯޓެއް ލިބިފައިނުވާ އިރު އަހުމަދު ޝަފީގް އަލީ އަށް 75 ވޯޓު ލިބިފައިވެ އެވެ.
ނިލަންދޫ ދާއިރާގެ ވޯޓުލުމުގެ ހައްގު ލިބިފައިވާ 1،568 މީހުންގެ ތެރެއިން 1،481 މީހުން ވޯޓުލާފައިވެ އެވެ. އެއީ ވޯޓުލީ މީހުންގެ 94 ޕަސަންޓެވެ. އަދި ބާތިލް ވޯޓުގެ ގޮތުގައި 11 ވޯޓު ލާފައިވެ އެވެ.
އެންމެ ވޯޓެއްގެ ތަފާތުން ނިލަންދޫ ދާއިރާގެ ގޮނޑި ޕީޕީއެމަށް ގެއްލިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ