ޖަނަވާރު ފެންނަމުންދާތީ ރައްޔިތުން ތިބީ ބޮޑު ބިރުވެރިކަމެއްގެތެރޭ - ސީޕީ ވަހީދު

ހަރުފަ ފަދަ ޖަނަވާރު ރާއްޖެއިން ފެންނަ ފެށުމުގެ ސަބަބުން ރައްޔިތުން ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި ޑްރަގް އޮަޕަރޭޝަންތަކާ އެއްވަރަށް މިހާރު ޖަނަވާރާއި ދޫނިސޫފާސޫފީގެ އޮޕަރޭޝަންތައް ވެސް ހިންގަން ޖެހިފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވެއްޖެ އެވެ.
މިހާރަކަށް އައިސް ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ޖަނަވާރުތަކެއް އެތެރެކޮށް ގެންގުޅެމުންދާތީވެ އެކަންކަން ހުއްޓުވުމުގެ ގޮތުން ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އިސްވެރިންނާއި ކޮމިޝަނަރ އޮފް ޕޮލިސް އިއްޔެ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިދާޅުވީ ފާއިތުވި 2 ހަފްތާގައި ގިނަ ޢަދަދަކަށް އެތެރެކުރުން މަނާތަކެތި އަތުލާގެންފައިވާކަމަށެވެ.
މިގޮތުންގިނަ ތަކެތި އަތުލެވިފައިވަނީ ފުލުހުން ހިންގި ތަފާތު ޑްރަގް އޮޕަރޭޝަންސް ތަކުންކަމަށާއި ނަމަވެސް ބައެއް ތަކެތި މަގުމަތިންވެސް ފުލުހުން އަތުލާގެންފައިވާކަމަށް ވިދާޅުވިއެވެ.
ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން ފާހަގަކުރި ބައެއް ކަންތަައްތަކުގެ ތެރޭގައި އެތެރެވާކަމަށް ބެލެވޭ ތަންތަން މިހާރަށްވުރެ އިތުރަށް ސަމާލުކަންދީ ބޮޑަށް މޮނިޓަރކޮށް ބެލެހެއްޓުމާއި މިފަދަކަންކަމުގައި ރައްޔިތުން ހޭލުންތެރިކުރުވުން އެއީ ވަރަށް މުޙިއްމުކަމެއްކަން ފާހަގަކޮށްފައެވެ.
އަދި މިހާރު މިކަންކުރިއަށް ގެންދިއުމުގައި ހިމާޔަތްކުރެވިފައިވާ ތަކެއްޗާއި ނުވަތަ ޤަވާއިދާ ޚިލާފަށް އެތެރެކޮށްފައިވާ ޖަނަވާރުފަދަ ތަކެތި ގެންގުޅޭ ފަރާތަކަށް ވަކިމުއްދަތެއްގެ ތެރޭގައި އެތަކެތި ކަމާ ބެހޭ ފަރާތްތަކަށް ޙަވާލުކުރަން އާންމުކޮށް އިޢުލާންކުރުމަކީ ކުރުން ރަނގަޅުކަމެއްކަމަށް މި ބައްދަލުވުމުގައި ބައިވެރިވި ފުލުހުންގެ ޓީމުން ވަނީ ފާހަގަކޮށްފައެވެ.
މި ބައްދަލުމުގައި ކަސްޓަމްސްގެ ފަރާތުން ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި މިހާރަކަށް އައިސް ރާއްޖެއިން ފެންނަމުންދާ މި ޖަނަވާރުތަކަކީ ވަރަށް ބޮޑަށް ރޭވިގެން ފޮރުވައިގެން ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ ތަކެތިކަމަށް ބެލެވޭކަމަށާއި މި ޖަނަވާރުތައް ވައިމަގުން އަދި ކަނޑުގެ މަގުންވިޔަސް އެތެރެވިޔަ ނުދިނުމަށް ޚާއްސަ ސަމާލުކަމެއްދީގެން އިތުރަށް ސްކްރީން ކުރުން ހަރުދަނާކުރަންޖެހޭކަން ފާހަގަކުރިއެވެ.
އެގޮތުން މިހާރުވެސް އިތުރުފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަކުރައްވަމުން ކަސްޓަމްސް ބޭފުޅުންގެ ވާހަކަފުޅުގައި ބޯޓު ފަހަރުގައި ފަޅުވެރިންގެ ގޮތުގައި މަސައްކަތްކުރާ މީހުންގެ ތަކެތިވެސް އިތުރަށް ބަލައި ފާސްކުރެވޭނެ ގޮތްތަކެއް ހަމަޖައްސަން ޖެހިފައިވާކަމަށާއި ޤަވާއިދާ ޚިލާފަށް ޖަނަވާރު އެތެރެކުރާ ފަރާތްތަކަށް އެކަށީގެންވާ އަދަބު ނުދެވުން މިއީ މިކަންކަން ހައްލުކުރަން އޮތް ހުރަހެއްކަމަށްވެސް ވިދާޅުވިއެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ