ޝައިޚް އަލީ އަލް ހުޛައިފީ ހައްޖު ޚުތުބާ ދެއްވާއިރު، ނަބަވީގައި އީދު ޚުތުބާ ދެއްވާނީ ދަރިކަލުން ޝައިޚް އަހްމަދު
މި އަހަރު އަރަފާތުގައި ހައްޖު ޚުތުބާ ދެއްވުމަށާއި މަސްޖިދުއްނަބަވީގައި އީދު ޚުތުބާ ދެއްވުމަށް, ސައުދީގެ މަޝްހޫރު ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނޭ ދެބަފައިން ހަމަޖައްސައިފިއެވެ. މިގޮތުން، މިއަދު މަސްޖިދް ނަމިރާހްގައި ހައްޖު ޚުތުބާ ދެއްވާނީ، ޝައިޚް އަލީ ބިން އަބްދުއްރަހުމާން ބިން އަޙްމަދު އަލް ހުޛައިފީއެވެ. އޭގެއިތުރަށް، މާދަމާ މަސްޖިދުއް ނަބަވީގައި އީދު ޚުތުބާ ދެއްވާނީ، ދަރިކަލުން ޝައިޚް ޑރ. އަހުމަދު ބިން އަލީ ބިން އަބްދުއްރަހުމާން އަލް ހުޛައިފީއެވެ. https://x.com/theholymosques/status/2059024115693167050 އަހުމަދަކީ، ހާފިޒު ކަމުގެ ސަނަދު ހާސިލުކުރައްވާފައިވާ ސައުދީގެ މަޝްހޫރު އިލްމުވެރިއެއް ކަމަށްވާއިރު، އޭނާއަކީ، މަސްޖިދުއް ނަބަވީގެ އިމާމެކެވެ. އޭގެއިތުރަށް، ބައްޕާފުޅު އަލީ ބިން އަބްދުއްރަހްމާނަކީ، ހާފިޒެކެވެ. އަދި، އޭނާގެ ކިޔެވުމުގެ ރާގު ދުނިޔޭގެ ގިނަ ބައެއްގެ ތެރޭގައި މަގުބޫލުއިރު، އެ ކިޔެވުންތައް ފުޅާ ދާއިރާއެއްގައި ލިބެން ހުރެއެވެ. މިއަދަކީ އަރަފާތު ދުވަސް ކަމަށްވާއިރު، ހައްޖުގެ އަޅުކަން އަދާކުރުމަށް މި އަހަރު ގާތްގަނޑަކަށް 1.5 މިލިއަން މީހުން ސައުދީއަށް ދަތުރުކުރިއެވެ. މިހާރު ހުރިހާ ހައްޖުވެރިން ތިބީ އަރަފާތުގައެވެ. https://sun.mv/222517 މި ދުވަސްވަރު ސައުދީއަށް ވަރަށް ހޫނު ގަދައެވެ. އެއާއެކު، މައްކާގެ ފިިނިހޫނުމިން 47 ޑިގްރީ ސެލްސިއަސްއަށް އަރާނެ ކަމަށް ލަފާކުރެވޭތީ، ހޫނުވުމާ ގުޅިގެން ދިމާވެދާނެ ނުރައްކާތައް ކުޑަ ކުރުމަށް ހައްޖުވެރިން ކުޑަ ބޭނުން ކުރުމާއި އެނޫންވެސް ރައްކާތެރި ފިޔަވަޅުތައް އަޅަން ސައުދީ އަރަބިއްޔާގެ ސިއްޙަތާބެހޭ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ