އެއްބަސްވުމުގައި ސޮއިކުރީ ގައުމު އިސްލާހުކުރުމުގެ ހެޔޮ ނިޔަތުގައި: މައުމޫން

އެމްޑީޕީއާއި ޖުމްހޫރީ ޕާޓީގެ އިތުރަށް އަދާލަތު ޕާޓީއާއި ޕީޕީއެމްއިން މާތްވެެގެންވާ އިސްލާމް ދީނާ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި ގައުމިއްޔަތު ހިމާޔާތްކޮށް ސަރުކާރު ޒިންމާދާރު ކުރުމަށް އެއްބަސްވި އެއްބަސްވުމުގައި ސޮއިކުރެއްވީ ގައުމު އިސްލާހުކުރުމުގެ ހެޔޮ ނިޔަތުގައިކަމަށް ޕީޕީއެމްގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ މިރޭ އެމަނިކްފާނު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ރައީސް މައުމޫން އެ އެއްބަސްވުމުގައި ސޮއިކުރެއްވުމުން ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބުދުﷲ ޔާމީންއަށް ވަފާތެރި ބޭފުޅުން މައުމޫނަށް ފާޑުވިދާޅުވަމުން ގެންދަވަނިކޮށް މިރޭ އެމަނިކްފާނު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ޕާޓީތަކުން އެކުލަވާލި އެއްބަސްވުމުގައި ސޮއިކުރެއްވީ ގައުމު އިސްލާހުކުރުމުގެ ހެޔޮނިޔަތުގައިކަމަށެވެ.
"އަޅުގަނޑު މި އެގްރީމެންޓްގައި ސޮއިކުރީ މާތްﷲގެ ވާގިފުޅާއިއެކު، ގައުމު އިސްލާހުކުރުމުގެ ހެޔޮނިޔަތުގައި." މައުމޫންގެ ޓްވީޓްގަައި ވިދާޅުވެފައިވެއެވެ.
ސަރުކާރު ޒިންމާދާރު ކުރުވަން، ރާއްޖޭގެ ސިޔާސީ ބޮޑެތި ޕާޓީ ތަކުން އިޤްރާރުވެފައިވާ މި އެއްބަސްވުމުމުގައި ސޮއިކޮށްފައި ވަނީ، އެމްޑީޕީގެ ފަރާތުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޕީޕީއެމްގެ ފަރާތުން އެޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި، ޖޭޕީގެ ފަރާތުން އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަދި އަދާލަތު ޕާޓީގެ ފަރާތުން ޝައިހް އިމްރާން އަބްދުﷲއެވެ.
އެއްބަސްވުމުގައިވާ ކަންކަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ހިންނަވަރު ދާއިރާގެ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެއްދެއްވާފައެވެ.
އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މި އެއްބަސްވުން އެކުލަވާލީ ރާއްޖޭގެ ރައްޔިތުންގެ ހައްގުގައި ކަމަށެވެ.
އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ އިންސާފީ ހަމަޖެހުމާއި އަމާންކަން މިއަދު މި ޤައުމުގަ ނެތްކަމަށާއި، އެކަންކަން ޤާއިމް ކުރެވޭނީ، ރާއްޖޭގެ މިނިވަން މުއައްސަސާތަކުން ޒިންމާ އުފުލައިގެން ކަމަށާއި އެހެންކަމުން އެކަން ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ