ހަމަ އާ އިންސާފު ކޮބައިތޯ ފުލުހުންނާ އޭޖީ އާ ރައީސް މައުމޫނު ސުވާލުކުރައްވައި ޖަވާބު ދިނުމަށް އެދިވަޑައިގެންފި

ހަމަ އާއި އިންޞާފު ކޮބައިތޯ ފުލުހުންނާއި އެޓަރނީ ޖެނެރަލްގެ އޮފީހާއި ސުވާލުކުރައްވައި ޖަވާބު ދިނުމަށް އެ ދެ މުއައްސަސާގެ ކިބައިން ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އެދިވަޑައިގެންފިއެވެ.
ރައީސް މައުމޫން މިފަދައިން ސުވާލު ކުރައްވައި ޖަވާބަށް އެދިވަޑައިގެންފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، މަޖިލީހުގެ މެންބަރުންނަށް ގޯނިގޯނީގައި ފައިސާ ބަހާފައިވާކަމަށް އަމިއްލައަށް ހާމަކަންބޮޑުގޮތެއްގައި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ކުރިމަތީގައި އިއުތިރާފްވެފައިވާއިރުވެސް އެ މައްސަލައަށް ވީގޮތެއް އަދި މިއަދާއިހަމައަށްވެސް މި ދެ މުއައްސަސާއިން ހާމަނުކުރާތީކަން ފާހަގަކުރެވެއެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، "ހެއްކެއް ނެތި އޮނަރަނަލް ޤާސިމް އިބްރާހީމްއަށް ރިޝްވަތުގެ ތުހުމަތުކުރާއިރު ފައިސާ ގޯނި ހިފައިގެން މެންބަރުންގެގާތަށް ހިނގި ކަމަށް ބުނި މީހާ އާ ދޭތެރޭ ކޮން ފިޔަވަޅެއްތޯ އެޅުއްވީ؟ ކޮބައިތޯ ހަމައާ އިންސާފު؟ ޖަވާބު ދެއްވާ!" މިފަދައިންނެވެ.
ރައީސް މައުމޫނުގެ އިތުރުން ވެސް ގިނަ ބައަކު ގެންދަނީ މިކަމުގައި ސުވާލު އުފައްދަމުންނެވެ. ނަމަވެސް ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން މިކަމުގައި އަދި މިހައިތަނަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ