ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންގްއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
އިންޑިއާގެ ބޮޑުވަޒީރުގެ ދައުވަތަކަށް އެ ގައުމަށް މައުމޫން މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބޮޑުވަޒީރާ ބައްދަލު ކުރެއްވީ މިއަދު ހެނދުނު ކަމަށް މައުމޫންގެ އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިންޑިއާ ސަރުކާރުން އެ މަނިކުފާނަށް ވިދާޅުވި ހޫނު މަރުހަބާ އަށާއި ވެ ދެއްވަމުން ގެންދަވާ މެހުމާންދާރީ އަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ދެ ގައުމަކީ ވެސް ސުލްހަ އަށާއި ތަރައްގީ އަށް މަސައްކަތް ކުރާ ބައެއް ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.
މައުމޫން އިންޑިއާ އަށް ވަޑައިގަތީ ރޭގެ ވަގުތެއްގަ އެވެ. އެ މަނިކުފާނު އިންޑިއާ އަށް ވަޑައިގަތީ އަމިއްލަ ދަތުރުފުޅެއްގައި މެލޭޝިއާ ގައި އުޅުއްވަމަށް ފަހު އެވެ.
މައުމޫން އިންޑިއާގެ ބޮޑުވަޒީރާ ބައްދަލު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ