މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެ އެވެ.
ކަރަންޓް ކުންފުނި، ސްޓެލްކޯއިން ދެންމެ ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިފައިވާ ކަމަށެވެ. މައްސަލަ ހައްލުކުރުމަށް ޓެކްނިކަލް ޓީމުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
އެ ކުންފުނިން ބުނީ މައްސަލަ ހައްލުކޮށް ވީހާވެސް އަވަހަށް ކަރަންޓް ދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ކަރަންޓް ކެނޑުމާއި ގުޅިގެން ދިމާވާ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން މާފަށް އެދޭ ކަމަށެވެ.
މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިފައި މިވަނީ މާލެ ސިޓީއަށް ބޯކޮށް ވާރޭވެހި ވަރަށް ގިނަ މަގުތަކުގައި ފެންބޮޑުވެފައިވަނިކޮށެވެ.
މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ