ނައިބު ރައީސް ކަމުން ޖަމީލު ވަކިކުރި މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ

ޑރ. މުހައްމަދު ޖަމީލް އަހުމަދު، ނައިބު ރައީސް ކަމުން ވަކިކުރި މައްސަލަ އެންމެ ފުރަތަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް އެ ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. ޑރ. ޖަމީލަކީ ކުރީގެ ރައީސް ޔާމީނުގެ ފުރަތަމަ ނައިބްރައީސްއެވެ. ޖަމީލް ނައިބު ރައީސް ކަމުން ވަކިކުރީ ރާއްޖެ އިން ބޭރުގައި ހުންނަވަނިކޮށެވެ.
ޑރ. ޖަމީލް ނައިބު ރައީސް ކަމުގެ މަގާމުން ވަކިކުރީ، 2015 ޖުލައި 21 ވަނަ ދުވަހުއެވެ. ޖަމީލް ނައިބު ރައީސް ކަމުން ވަކިކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުން އޭނާ މަގާމުން ދުރުކުރީ ގާނޫނު އަސާސި އާއި ހިލާފަށް ކަމަށް ބުނެއެވެ. މިމައްސަލައިގައި ދައުލަތުން ސުޕްރީމް ކޯޓުގައި ބުނީ މިމައްސަލަ މައުޟޫއީ ގޮތެއްގައި ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށެވެ.
މިމައްސަލަ ބަލާފައިވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ